ޑރ ފަޒްނާ އައިޖީއެމްއެޗްގައި ބަލި މީހުން ބައްލަވަން ފެއްޓެވިކަން އެ ހޮސްޕިޓަލުން ވަނީ އިއުލާންކޮށްފައެވެ.
ޑރ. ފަޒުނާ ކިޔަވާ ވިދާޅުވެ ތަމްރީނު ހާސިލުކުރެއްވީ މެލޭޝިއާގެ ނެޝަނަލް ޔުނިވާސިޓީންނާއި އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާއިންނެވެ.
އައިޖީއެމްއެޗުން ބުނީ ޑރ. ފަޒްނާ ކިޔަވާ ވިދާޅުވުމަށް ފަހު ރާއްޖެ ވަޑައިގެން އެ ހޮސްޕިޓަލްގައި ބަލި މީހުން ބައްލަވަން ފެއްޓަވާފައިވާކަމަށެވެ.
ޑރ. ފަޒުނާ ހާއްސަވަނީ ކުޑަކުދިންގެ ކިބައިގައި ހުންނަ އޯޓިޒަމްއާއި އޭޑީއެޗްޑީ ފަދަ ބަލިތައް ދެނެގަތުމުގެ ދާއިރާއިން ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
އެގޮތުން ކުޑަކުދިންގެ ކިބައިގައި ހުންނަ އޯޓިޒަމް އަދި އޭޑީއެޗްޑީ ފަދަ ބަލިތައް ދެނެގަންނަން ހަދާ 'ބޭލޭ-4'އާއި އޭޑީއޯއެސް-2' ފަދަ އެސެސްމެންޓުތައް ހެދުމުގެ ހުނަރު ޑރ. ފަޒްނާއަށް ލިބިވަޑައިގެންފައިވާކަމަށް އައިޖީއެމްއެޗުން ބުނެއެވެ.