ރައީސް ޔަމީން އިސްވެ އުފައްދާފައިވާ ޕާޓީން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތް ކަމަށެވެ. އަދި ރައީށް ޑރ. މުއިއްޒުގެ ހަގީގީ ސޫރަ ފެންނަމުންދާކަމަށް ވިދާޅުވެ ޔާމީން ވަނީ ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ.
ރައީސް ޔާމީންގެ މިވާހަކަތަކަށް ޑރ. މުއިއްޒުގެ ސަރުކާރުން ސިންގަޕޫރަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ އެމްބެސެޑަރު މުހްތާޒް މުހްސިން މި ވަނީ ރައްދުދެއްވާފަ އެވެ. މުހްތާޒު ވިދާޅުވީ އެމަނިކުފާނު ހުންނެވީ ރައްޔިތުންނާއި އެކު ރައީސް މުއިއްޒު ފަޅީގައި ކަމަށެވެ.
ޕީއެންއެފުން ބާއްވަމުން އަންނަ ޖަލްސާތަކުގައި އެ ޕާޓީން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.