ads
ގުރުއާން ހިތުދަސްކުރި ހާފިޒަކަށް ރައީސް މުއިއްޒު މެޑަލް ދެއްވަނީ
ގުރުއާން ހިތުދަސްކުރި 28 ހާފިޒަކަށް ރައީސްގެ މެޑަލް
ކީރިތި ގުރްއާން ހިތުދަސްކޮށް، ހާފިޒް ކަމުގެ ސަނަދު ހާސިލްކުރި 28 ހާފިޒަކަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑަލް ދީފިއެވެ.
Advertisement

ހާފިޒުންނަށް ރައީސް ޑރ މުއިއްޒު މެޑަލް ހަވާލުކޮށްދެއްވީ ރާއްޖެ އިސްލާމީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޖަލްސާގައެވެ. 

ކީރިތި ގުރްއާން ހިތުދަސްކޮށް، ހާފިޒް ކަމުގެ ސަނަދު ހާސިލްކުރި 28 ހާފިޒަކަށް މިއަދގެ ޖަލްސާގައި ވަނީ މެޑަލް ހަވާލުކޮށްފައެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށްފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑަލްގެ ނަމުގައި މެޑަލްއެއް ދޭން ފެށީ 2014 ވަނަ އަހަރުގައެވެ. އެފަހަރު މި މެޑަލްދިނީ އެ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައެވެ.

2020 ވަނަ އަހަރުވަނީ މެޑަލް ދިނުމުގެ އޫސޫލަށް ބަދަލުގެނެސްފައެވެ. އެގޮތުން ކީރިތި ގުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ ތެރެއިން 85 އިންސައްތަ މަތިން މާކްސް ލިބިގެން 1 ވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މެޑަލް ދޭ ގޮތަށް ބަދަލުކުރިއެވެ. 2 ވަނަ އަދި 3 ވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް މެޑަލް ދޭން ނިންމީ ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައެވެ. 

އެހެންނަމަވެސް އެ ނިންމުން މި ސަރުކާރުން ބަދަލުކޮށްފައިވާކަމަށް މިއަދުގެ ޖަލްސާގައި ވަނީ އިއުލާންކޮށްފައެވެ. އެގޮތުން މި އަހަރުން ފެށިގެން  ދަރަޖަ ތަފާތުކުރުމެއް ނެތި ހުރިހާ ހާފިޒުންނަށް ރައީސް މެޑަލް ދޭ ގޮތަށް ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް