ads
ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި ފޮތްތެރިކަން ފެނިގެން ދިޔައީ އިސްލާމްވުމަށްފަހު: މިނިސްޓަރު
ރާއްޖޭގައި އިލްމުވެރިކަމާއި ފޮތްތެރިކަން ތައާރަފްވެ ފެންނަން ފެށީ ރާއްޖެ އިސްލާމް ވުމަށް ފަހު ކަމަށް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު އާދަމް ނަސީރު މިހެން ވިދާޅުވެފައި މިވަނީ މިއަދު، ރާއްޖެ އިސްލާމް ވި މުނާސަބާއާ ގުޅިގެން ބޭއްވި ޖަލްސާގައެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖެ ދުއް އެންމެ ބޮޑު އެންމެ ހެޔޮ އިންގިލާބީ ބަދަލެއް އާދުވަހަކީ ހަގީގަތުގައިވެސް ރާއްޖެ އިސްލާމް ވި ދުވަސްކަމަށް ފާހަގަކޮށް އެއީ ދިވެހިންގެ ރޫހާނީ ވެށި ބަދަލުކޮށްލި ދުވަސް ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖެ އިސްލާމްވި ދުވަހަކީ ދިވެހީންގެ ތަހުޒީބު އިސްލާހު ކުރި ދުވަސް ކަމަށާއި އެއީ ދިވެހީންގެ ދިރިއުޅުމުގެ ހުރިހާކަމެއް އެންމެ ހެޔޮ މަގަށް އެނބުރިގެން ދިޔަ ދުވަސް ކަމަށް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވިއެވެ. އެއީ ދިވެހީންގެ ދެދުނިޔޭގެ ސަލާމަތް ކަށަވަރުވެގެން ދިޔަ ދުވަސް ކަަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

"ރާއްޖޭ ތާރީހަށް ބަލާއިރު، ރާއްޖޭގައި އިލްމުވެރިކަމެއް، ރާއްޖޭގައި ފޮތްތެރިކަމެއް ފެންނަށް އޮތީ ރާއްޖެ އިސްލާމް ވުމަށް ފަހު، އެހެން ކަމުން ރާއްގެ އިސްލާމް ވުމަކީ، ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ނަސީބެއް، ވަރަށް ބޮޑު ހެޔޮ ބަދަލެއް" މިނިސްޓަރު އާދަމް ނަސީރު ވިދާޅުވި އެވެ.

އޭގެ އިތުރުން ދިވެހީންގެ ތާރީހުން ކޮންމެސް ނުކުތާއެއް ފާހަގަކޮށްލުމަކީ މުހިއްމު ކަމެއްކަން ދެކެވަޑައިގަންނަވާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެގޮތުން ދިވެހީންގެ ހަޔާތުގައި، ދިވެހީންގެ ހިތުގައި އިސްލާމް ދީނުގެ މަގާމަކީ ކޮބާބާވައޭ، ދިވެހީންގެ ދިރިއުޅުމުން، ދިވެހީންގެ ތާރީހުން ކަންތައްތަކަށް ބަލާލީމާ އެކަން ވަަރަށް ބޮޑަށް ސާފުވޭ، ދިވެހީން މާތްވެގެންވާ އިސްލާމްދީނަށް ޒަމާނުއްސުރެއް އެމީހުންގެ ދިރިއުޅުމުގައި، އެމީހުންގެ ވިސްނުމުގައި، އެމީހުންގެ ރޫހާނީ ހުރިހާ ކަމެއްގައި، ދީފައިވާ އިސްކަން ފަަހަރެއްގައިވެސް އަޅުގަނޑު އިޝާރާތްކުރަން މި އުޅޭނީ ދީނީ ގޮތުން ނުވަތަ ފިގުހީގޮތުން ކަމެއްގެ ހުކުމް އޮތް ނެތްގޮތެއްގެ މައްޗަކަށް ނޫން، އެހެނަމަވެސް ދިވެހީން ކަންކަމުގައި މާނަކޮށްފައި ހުރިގޮތުން އަމަލުކޮށްފައި ހުރިގޮތުން ފެންނަކަންކަން" މިނިސްޓަރު ވިދާޅުވި އެވެ.

އެފަދައިން ވިސްނައިފިނަމަ ފެންނަން އޮތީ ދިވެހީންގެ ދިރިއުޅުމުގަިއ އެންމެ އުސް ކުރިބޯއްޓަކީ މާތްވެގެންވާ އިސްލާމް ދީން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދިވެހީގެ ވިސްނުމުގައި އެންމެ އިސްކަންދެވޭ ކަމަކީ މާތްވެގެންވާ އިސްމާދީން ކަމަށް ކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެގޮތުން ދިވެހީންގެ ހަޔާތުގައި، ދިވެހީންގެ ހިތުގައި އިސްލާމް ދީނުގެ މަގާމަކީ ކޮބާބާވައޭ، ދިވެހީންގެ ދިރިއުޅުމުން، ދިވެހީންގެ ތާރީހުން ކަންތައްތަކަށް ބަލާލީމާ އެކަން ވަަރަށް ބޮޑަށް ސާފުވޭ، ދިވެހީން މާތްވެގެންވާ އިސްލާމްދީނަށް ޒަމާނުއްސުރެއް އެމީހުންގެ ދިރިއުޅުމުގައި، އެމީހުންގެ ވިސްނުމުގައި، އެމީހުންގެ ރޫހާނީ ހުރިހާ ކަމެއްގައި، ދީފައިވާ އިސްކަން ފަަހަރެއްގައިވެސް އަޅުގަނޑު އިޝާރާތްކުރަން މި އުޅޭނީ ދީނީ ގޮތުން ނުވަތަ ފިގުހީގޮތުން ކަމެއްގެ ހުކުމް އޮތް ނެތްގޮތެއްގެ މައްޗަކަށް ނޫން، އެހެނަމަވެސް ދިވެހީން ކަންކަމުގައި މާނަކޮށްފައި ހުރިގޮތުން އަމަލުކޮށްފައި ހުރިގޮތުން ފެންނަކަންކަން" މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހީންގެ މުހާވަރާގައި ދީން މާނަކުރާ އެކި ވަގުތައް ދީނާ ގުޅުވާލާ ގޮތް ދިވެހީންގެ ދިރިއުޅުމުން ބަސްކޮށާރުން ފެންކަމަށާއި އެގޮތުން ކޮންމެ ހަފަތާއެއްގެ ހޯމް ހުކުރު، ދިވެހީން ބުނަނީ އެއީ ރޭ ވިލޭރޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އެގޮތުން ހޯމަ ވިލޭރޭ، ދިވެހީން ފާހަގަ ކުރަނީ ނުވަތަ ހާއްސަކުރަނި ރަސޫލާގެ ދުނިޔޭގެ އަލިކަން ދެކިވަޑައިގެންނެވި ރޭކަމަށާއި ހުކުރި ފާހަގަކުރަނީ އާދަމް ގެ ފާނު  ދުނިޔެއަށް ފޮނުވުނު ދުވަހުގެ ގޮތުގައި ކަމަށް މިނިސްތަރު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ކިޔަވާ ފިލާ އެއީ ގަހަކުން ކަނޑާ މުލަކުން ދިވެހިން ހަދަމުން އައި އެއްޗެއް ކަމަށް ފާަހަގަކޮށް މިނިސްޓަރު ވިދާޅުވީ އެ މޫ ކަނޑާއިރު ދިވެހީން ބަލާކަމެއްވާ ކަމަށެވެ. އެގޮތުން ގިބްލައާ ދިމާލަަށް ދުވެފައި ހުރި މުލަކީ ކޮބައިތޯ ބަލާކަމަށް އާދަމް ނަސީރު ފާހަގަކުރެއްވި އެވެ. އަދި ގެއެއް އަޅާއިރު، ގޭގެ އެނދު އަށި އަތުރާއިރު ގިބްލައަށް ކުރި މަތިލާން ހުރެވޭ ގޮތަށް އޮށޯވެ އޮންނައިރުވެސް އޭގެ މިންތަކެއް ހުންނަގޮތަށް އެކަން ކުރަމުން އައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުގެ އިތުރުން ދައުލަތާއި ސަރުކާރުގެ އިސްވެރިންވެސް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް