ads
ރައީސް ޑރ މުއިއްޒު މަޖީދިއްޔާ ސްކޫލްގެ ބައެއް ދަރިވަރުންނާއި އެކު
ޓީޗަރުންނަށް ރައީސް ގޮވާލެއްވީ ދިވެހިންގެ ހަރުދަނާ ސިފަތަކުން ކުދިން ޒީނަތްތެރިކޮށްދޭން
ދިވެހީންގެ ހަރުދަނާ މާތް ސިފަތަކުން ދަރިވަރުން ޒީނަތްތެރިކޮށްދިނުމަށް އެމްމެހާ މުދައްރަސިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
Advertisement

ރައީސް މިކަމަށް ގޮވާލެއްވީ ރާއްޖެ އިސްލާމީވީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުންނެވެ. 

ރާއްޖެ އިސްލާމްވީ ދުވަސް މިއަހަރު މި ދިމާވީ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާވެސް މެއެވެ. އެހެންކަމުން މިކމާއި ގުޅުވާ ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ރާއްޖެ ގެދޮރާއި އުމްރާނީ ތަރައްޤީގެ ގޮތުން ބިނާކުރާ ފަދައިން، ފިކުރާއި ސިކުނޑީގެ ގޮތުން ބިނާކުރަން ބޭނުންކަން ތަކުރާރުކޮށް ވިދާލުވަމުން ގެންދަވާކަމަށެވެ. 

ރައީސް ވިދާޅުވީ އިންސާނިއްޔަތާއި، އަހްލާގާއި، މާނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގަންނަވަން ބޭނުންވާކަމަށެވެ. އަދި މިކަމުގައި ހުރިހައި މުދައްރިސުންގެ އެއްބާރުލުން ނިހާޔަތަށް ބޭނުންވާކަން ރައީސް ފާހަގަކުރެއްވިއެވެ. 

" ދިވެހި ދަރީން، ދިވެހި ޤައުމިއްޔަތަށް އަހުލުވެރިކޮށްދެއްވާ. ދިވެހީންގެ ހަރުދަނާ މާތް ސިފަތަކުން ޒީނަތްތެރިކޮށްދެއްވާ. މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، މަސްއޫލިއްޔަތު އުފުލުމުގެ ޝައުޤާއި ޤާބިލުކަން އަށަގަންނަވައިދެއްވާ." މުދައްރިސުންގެ ދުވަހާއި ގުޅުވާ ރައީސް ޑރ. މުިއއްޒު ގޮވާލެއްވިއެވެ.

ރައީސް ވިދާޅުވީ ދިވެހީންގެ ހަރުދަނާ މާތް ސިފަތަކުން ދަރިވަރުން ޒީނަތްތެރިކޮށްދިނުމުގައި ދިވެހި ހުރިހައި ރައްޔިތުންގެ އެއްބާރުލުންވެސް ވަރަށް ބޮޑަށް ބޭނުންވެޑައިގަންނަވާކަމަށެވެ.އަދި އެކަމަށްޓަކައި އާރާސްތުކުރަން ޖެހޭ އަހްލާގީ އެތައް ބިނާއެއް އެބަހުރިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް