ފުލުހުން ބުނީ ހަމަލާދީފައިވަނީ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާކަމަށެވެ.
މި މީހާއަށް ހަމަލާދިނީ އޭނާ ދިލްބަހާރު މަގުގައި ހުރި ފިހާރައެއްގެ ތެރޭގައި ހުއްޓާކަމަށް ފުލުހުން ބުނެެއެވެ. އަދި މި ހާދިސާގެ ރިޕޯޓް ލިބުނީ ރޭ 22:01 ހާއިރުކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވާކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.