ads
ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް އައުޓް ރީޗް ޕްރޮގްރާމެއް ފަށަނީ
އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބިނާކުރުމަށް އަންނަ ހަފްތާގައި އައުޓް ރީޗް ޕްރޮގްރާމެއް ފެށުމަށް ހަަމަޖެހިފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
Advertisement

ވޯލްޑް ބޭންކުގެ އެހީގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިމްޕްލިމެންޓްކުރާ "ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބާ ސަރވިސަސް (ސެއިލްސް)" ޕްރޮޖެކްޓްގެ އައުޓްރީޗް ޕްރޮގްރާމް ފެށުމަށް ހަަމަޖެހިފައިވަނީ  މި މަހު 7 ގައި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

އައުޓްރީޗް ޕްރޮގްރާމް ފުރަތަަމަ ފެށުމަށް ހަމަޖެހިފައިވަނީ ލ އަތޮޅުން ކަމަށްވާއިރު މި މަހު 7 އިން 10 އަށް ލ.ހިތަދޫ، ފޮނަދޫ އަދި ގަމަށް ސެއިލްސް އަދި ނޭޝަނަލް ކެރިއާސް ސާވިސް ގެ ޓީމެއް ދަތުރުކުރާނެ ކަމަަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އަތޮޅުތެރެއަށް ކުރާ މި ދަތުރުތަކުގައި ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ރަށުގެ ޒުވާނުންނާއި، ވިޔަފާރިވެރިން، އަދި އަމިއްލަ ޖަމްއިއްޔާތަކާ ބައްދަލުކޮށް ސެއިސްލް ޕްރޮޖެކްޓުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ހިމެނޭކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން ނޭޝަނަލް ކެރިއާސް ސާވިސް (އެންސީއެސް) ގެ ހިދުމަތްތަކުގެ މައުލޫމަތު ފޯރުކޮށްދީ, އެންސީއެސް ޕޯޓަލް އަހުލުވެރިކޮށް، ވަޒީފާ ހޯދާފަރާތްތަކާއި ވިޔަފާރިވެރިން، އެން.ސީ.އެސް ޕޯޓަލްގައި ރަޖިސްޓަރީ ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށްވެސް ހަަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

"އެންސީއެސް ގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކެރިއާ ގައިޑެންސް ގެ ހިދުމަތް ދަރިވަރުންނާއި، އެފަރާތްތަކުގެ މުދައްރިސުންނާއި، ބެލެނިވެރިންނާއި، މަދުރަސާ ނިންމުމަށްފަހު ވަޒީފާގެ ބާޒާރަށް ނުކުންނަން ތައްޔާރުވާ ފަރާތްތަކާއި، ވަޒީފާއަދާ ކުރަން ފެށުމަށްފަހުވެސް ކެރިއާ އެޑްވައިސް ހޯދޭނެ އިންތިޒާމް ފަހިކޮށްދިނުމުގެ މަސައްކަތް މިހާރުވާނީ ފެށިފައި" ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ މަސައްކަތުގެ ބަޒާރުގައި ހަރަކާތްތެރިވާ ދިވެހިންނަށް، ވަޒީފާއަށް ބޭނުންވާ މުހިއްމު ހުނަރުތައް ދަސްކޮށްދިނުމަށް ސެއިލްސް ޕްރޮޖެކްޓުން ޕްރޮގްރާމްތައް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިކަަމށް އެ މިނިސްޓްރީން ހާމަކުރެއެވެ. އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކާ, އަމިއްލަ ވިޔަފާރިތަކާ އަދި ޖަމްއިއްޔާ ޖަމާއަތްތަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިން އިތުރުކުރުމަށާ، ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް، އަދި ހާއްސައެހީއަށް ބޭނުންވާ ފަރާތްތައް ވަޒީފާގެ ބާޒާރުގައި އިތުރުކުރުމަށް ހަރަކާތްތަކެއް ކުރިއަށް ގެދިއުން ހިމެނޭކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް