ads
ޒޯން މުބާރާތެއްގެ ތެރެއިން
ހޯމް އެންޑް އަވޭ ނުކުޅެ ފުޓްބޯޅައިގެ ފޯރި ގެނެވޭނެތަ؟
ހޯމް އެންޑް އަވޭ ސިސްޓަމެއް ތައާރަފް ކޮށްގެން ނޫނީ ގެއްލިފައިވާ ދިވެހި ފުޓްބޯޅަ އަލުން ގެނެވިދާނެތޯ މިއީ ސުވާލެކެވެ.
Advertisement

މި ސުވާލަށް އެންމެ ސާދާ، އެންމެ ތަފްސީލީ ޖަވާބެއް ދެއްވީ، ކުރީގެ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހާމިދް އަބްދުލް ގަފޫރުއެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާ މެދު ސިލްސިލާކޮށް ލިޔުއްވާ ރިޕޯޓްތަކުގެ ތެރެއިން އެންމެ ފަހުން ލިޔުއްވި ރިޕޯޓްގައި، ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ހާމިދުވަނީ ޕްރެމިއަރ ލީގް އެންމެ ޒޯނަކަށް މަރުކަޒުކޮށްގެން ރާއްޖޭގައި ކުރި 16 އަހަރުގެ ތަޖްރިބާގެ މައްޗަށް ބިނާކޮށް، ހޯމް އެންޑް އަވޭ އުސޫލުން ފުޓްބޯޅަ ހިންގުމުގެ ފަލްސަފާ އޮންނާނެ ގޮތް ވިދާޅުވެ ދެއްވާފައެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލްކަންވެސް ކުރައްވައި، ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނެވި ހާމިދު ވިދާޅުވި ގޮތުގައި ހޯމް އެންޑް އަވޭ އުސޫލަށް ލީގް ކުޅުމުން ވާދަވެރިކަން އެތަށް ގުނައެއް އިތުރުވެއެވެ. އަދި ސްޕޯޓްސް މެނެޖްމަންޓްގެ އިލްމުވެރިން ދެކޭގޮތުގައި، ލާމަރުކަޒު، ހޯމް އެންޑް އަވޭ ލީގަށް ކޮލިފައިވާ ކްލަބްތަކަކީ މޮޅު ކުޅުންތެރިން "ފިލްޓަރ" ކޮށްދޭ ނުވަތަ ހޮވާލަދޭ ވަސީލަތެއް ކަމަށް ހާމިދު ވިދާޅުވިއެވެ.

ދިވެހި ޕްރެމިއަރ ލީގް ކުޅެމުން އައިސްފައިވަނީ އެންމެ ޒޯންގެތެރޭގައި އޮތް އަވަށު ޓީމްތަކެއްގެ މެދުގައެވެ. މިއީ ގައުމީ ފުޓުބޯޅަ ލީގެއް ހިންގާ ގޮތެއް ނޫނެވެ. އެންމެ ޒޯނަކަށް ލީގް ހަނިކުރުމުން ވާދަވެރިކަން ގެއްލެއެވެ. ވާދަވެރިކަން ގެއްލުމުން ބެލުންތެރިންގެ ގެއްލެއެވެ. ބެލުންތެރިންގެ ގެއްލުމުން ލީގްގެ އަގު ވެއްޓެވެ. އެހެންނަމަވެސް، ލާމަރުކަޒުކުރުމުން މިކަންކަން ބަދަލުވެއެވެ. ވާދަވެރިކަން އިތުރު ވެއެވެ. ބެލުންތެރިން ގިނަވެއެވެ. ލީގް ގެ އަގު އަރައެވެ. ސްޕޮންސަރުން ލިބެނީ އަގު އެރީމައެވެ. ވާދަވެރިކަން އިތިރުވެ ބެލުންތެރިން ގިނަވީމައެވެ.

ހާމިދު ވިދާޅުވި ގޮތުގައި ޒޯން ތަކަށް ބަލާލުމުން ފެންނަނީ އުއްމީދުން ފުރިފައިވާ ކުޅުންތެރިން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އުފެދިއްޖެކަމެވެ. ހިތާމަޔަކީ އެކުޅުންތެރިންގެ އުއްމީދު ހަގީގަތަކަށް ހަދަން މާލެއަންނަން މަޖުބޫރުވާކަމާއި މާލެ އައިސް ހުންނާނެ ގޮތެއް ހޯދާ، ކްލަބުން މުސާރަނުދެވޭނަމަ، ވަޒީފާއެއްވެސް ހޯދައިގެން ކުޅެން ވަގުތު ހުސްކުރެވޭތޯ ބެލުން ކަމަށް ހާމިދު ވިދާޅުވިއެވެ. ހާމިދު ވިދާޅުވި ގޮތުގައި ކުޅުންތެރިން ނިކަމެތިވީ މާލެއަށް ލީގް ހަނިކުރީމައެވެ!

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް