ads
އޭދަފުށީ މުބާރާތުގެ ތެރެއިން؛ (ފޮޓޯ އޭދަފުށީ ކައުންސިލް)
އޭދަފުށީ މުބާރާތުގެ ޗެމްޕިއަންކަން ވެލާ ސްޕޯޓްސްއަށް
ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އެންމެ ގަދަ ރަށްތަކުގެ ތެރޭގައި ހިމެނޭ ބ. އޭދަފުށީގައި އޮތް އޭދަފުށީ ކަޕް 2024 ގެ ޗެމްޕިއަންކަން ވެލާ ސްޕޯޓްސްއިމް ހޯދައިފިއެވެ.
Advertisement

އޭދަފުށި ކަޕްގެ ޗެމްޕިއަންކަން ވެލާ ސްޕޯޓްސް އިން ހޯދީ ފައިނަލް މެޗުގައި 5-1 އިން އިރުމަތި އެފްސީ ބަލިކޮށްގެންނެވެ. ކައުންސިލުން އިންތިޒާމުކުރަން ފެށި އޭދަފުށި ކަޕް 2021 އަދި 2022 ވަނަ އަހަރު ހޯދީ އެމްއޭ ޔުނައިޓެޑެވެ. 2023 ވަނަ އަހަރުގެ ޗެމްޕިއަނުންނަކީ ހުސް ސޮންގުންނެވެ. މިއީ ވެލާ ސްޕޯޓްސް އަށް އޭދަފުށި ކަޕް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ، ގައުމީ ޓީމުގެ މިހާރުގެ އެންމެ މޮޅު ފޯވާޑް އަލީ ފާސިރު (ސެންޓޭ) ގެ ބޭބެ މުހައްމަދު ފާސިރު (ފާއްޓެ) އެވެ. ފާއްޓެވަނީ ފައިނަލުގައި ހަތަރު ގޯލު ޖަހާފައެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމްގެ އިތުރުން އެންމެ މޮޅު ފޯވާޑާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ ފާއްޓޭއެވެ. އޭނާ މުބާރާތުގައި ނުވަ ލަނޑު ޖެހިއެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ އިރުމަތި އެފްސީގެ އަބްދުއްސަދާދް އާދަމް އެވެ. މުބާރާތުގެ 20 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ އެންމެ އުއްމީދީ ކުޅުންތެރިއަކީ ވެލާ ސްޕޯޓްސްގެ އަހުމަދު ޖައުޝަން އަބްދުﷲ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ލިބުނީ ވެލާ ސްޕޯޓްސް ކްލަބުގެ އަހުމަދު ނިޔާޒް (ނިޔާ) އަށެވެ. ފެއާޕްލޭ ޓީމަކީ ހުސް ސޮންގުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް