ads
އިމިގްރޭޝަންގެ ގޯލް ކީޕަރު
ދެވަނަ ބުރުގެ ފަހު ޖާގަތައް އެއާޕޯޓާ އިމިގްރޭޝަނަށް
ކްލަބް މޯލްޑިވްސް ކަޕްގެ ދެވަނަ ބުރުގެ ފަހު ޖާގަތައް އެއާޕޯޓްސް ކޮމްޕެނީއާ، އިމިގްރޭޝަނަށް ލިބިއްޖެއެވެ.
Advertisement

މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި 28 ޓީމު ވާދަކުރާތީ، ކޮންމެ ގްރޫޕެއްގެ އެއްވަނަ ދެވަނައިގެ އިތުރުން ގަދަ 16 އަށް ދެން ހޮވުނީ ހަތް ގްރޫޕްގެ ތިން ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ޓީމު ދެވަނަ ބުރަށް ކޮލިފައިވިއެވެ. އެއާޕޯޓާ އިމިގްރޭޝަން ދެވަނަ ބުރަށް ދިޔައީ އެ މަގުންނެވެ.

ގްރޫޕް ބީގެ ތިން ވަނަ ހޯދި އެމްއޭސީއެލް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އެ ޓީމަކީ އެންމެ ގިނައިން ޕޮއިންޓް ހޯދި ތިން ވަނަ އަށް ދިޔަ ޓީމެވެ. ދެން އޮތް ހަ ގްރޫޕްގެ ތިން ވަނަ ޓީމަށް ވެސް ލިބުނީ ތިން ޕޮއިންޓެވެ. އޭގެ ތެރެއިން، ނޮކައުޓަށް ހޮވުނީ އިމިގްރޭޝަން އެވެ. އެއީ، ލަނޑުގެ ތަފާތުންނެވެ. އިމިގްރޭޝަންގެ ފައިދާ އެއް ގޯލު އޮތްއިރު، އެ ޓީމާ އެންމެ ގާތުން ވާދަކުރި އެލައިޑް ޓީމުގެ ވެސް އޮތީ -1 ގޯލެވެ.

ދެވަނަ ބުރުގެ ފުރުސަތު ހޯދި ޓީމުތައް

ކްލަބް އެޗްޑީސީ

ޓީމު އެފްއެސްއެމް

އެސްޓީއޯ ރެކްރިއޭޝަން ކްލަބް

ސްޓެލްކޯ ރެކްރިއޭޝަން ކްލަބް

ޔުނައިޓެޑް ބީއެމްއެލް

ރޯޑް ރެކްރިއޭޝަން ކްލަބް

ޕޯޓް ރެކްރިއޭޝަން ކްލަބް (އެމްޕީއެލް)

ދިވެހި ސިފައިންގެ ކްލަބް

މޯލްޑިވިއަން

ކްލަބް ވެމްކޯ

ޓީމު އެމްއޭސީއެލް

ކްލަބް އިމިގްރޭޝަން

ކްލަބް ފެން

ކްލަބް ޓީޓީއެސް

ޕްރިޒަން ކްލަބް

ދިރާގު

ކްލަބް މޯލްޑިވްސް ކަޕްގެ ނޮކައުޓް ބުރު ފެށޭނީ އަންނަ ހޯމަ ދުވަހުގެރޭގަ އެވެ. ދެވަނަ ބުރުގެ ކްލަބުތަކުގެ ގުރު ނެގުން މިރޭ އޮންނާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް