ads
ނަބާ އަދި ނަބީ
ޔުގަންޑާ މުބާރާޓުގެ ކުއާޓާއަށް ނަބީ އަދި ނަބާ
ޔޫގާންޑާ މުބާރާތުގެ އަންހެން ސިންގަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ އެއްވަނަ އަންހެން ދެ ބެޑްމިންޓަން ކުޅުންތެރިން ކަމަށްވާ ފާތިމަތު ނަބާހާ (ނަބާ)، އައިމިނަތު ނަބީހާ (ނަބީ)، ފުރުސަތު ހޯދައިފިއެވެ.
Advertisement

ނަބީ އަދި ނަބާ ހިމެނޭހެން، ޔޫގާންޑާ އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ ފަސް އިވެންޓެއްގެ ކުއާޓާ ފައިނަލުން ދިވެހި ކުޅުންތެރިން ފުރުސަތު ހޯދާފައިވެއެވެ. މި މުބާރާތުގައި ވާދަ ކުރާ ދިވެހި ކުޅުންތެރިންނަކީ ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިންނެވެ.

ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ، އަންހެން ސިންގަލްސް އިން ފާތިމަތު ނަބާހާ (ނަބާ)، އައިމިނަތު ނަބީހާ (ނަބީ)، އަންހެން ޑަބަލްސް އިން ނަބީ އާއި ނަބާގެ ޕެއާ، ފިރިހެން ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާ އަދި މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ޕެއާ އެވެ.

އަންހެން ސިންގަލްސްގައި ނަބީ ވަނީ ޔޫގާންޑާގެ ހަނީފާ ހަމޫޒާ އަތުން އަދި ޔޫގާންޑާގެ ވެރޯނާ ސަދާތު އަތުން މޮޅުވެފަ އެވެ. ކުއާޓާގައި ނަބީ ނުކުންނާނީ އިންޑިއާގެ ފަރްޒާ ނަޒްރީންއާ ދެކޮޅަށެވެ. ނަބާ ވަނީ އަންހެން ސިންގަލްސްގައި ޔޫގާންޑާގެ މެބްލް ނަމަކޯޔޭ އަތުން މޮޅުވެފަ އެވެ. އަދި ޔޫގާންޑާގެ ތުރިޝާ ރޮޑާ އަތުން މޮޅުވި ނަބާ ކުއާޓާގައި ކުޅޭނީ، އަޒަރުބައިޖާންގެ އީރާ މަފްތުހާއާ ދެކޮޅަށެވެ.

އަންހެން ޑަބަލްސްގެ ކުއާޓާގައި ނަބީ އާއި ނަބާގެ ޕެއާ ކުޅެން ޖެހޭނީ، ޔޫގާންޑާގެ ކްލެއާ ނަމިރެމްބޭ އާއި ކިމްބެލީ ޖޮއާންގެ ޕެއާއާ ދެކޮޅަށެވެ.

ފިރިހެން ޑަބަލްސްގެ ކުއާޓާ އިން ނިބާލް އާއި ޒަޔާންގެ ޕެއާ ޖާގަ ހޯދީ، ޔޫގާންޑާގެ ދެ ޕެއާ ބަލިކޮށްގެންނެވެ. ފުރަތަމަ މެޗުގައި ޔޫގާންޑާގެ ބަތަމް ކަވީޝާ އާއި ޝިލްޓަން ޓަޔެބްވާގެ ޕެއާ އަތުން ޒަޔާން އާއި ނިބާލްގެ ޕެއާ މޮޅުވިއިރު، ދެ ވަނަ މެޗުގައި ޔޫގާންޑާގެ ޖޯޝުއާ އެކޯޗޫ އާއި ޖޯޑަން ނުވަގަބާ އަތުން މޮޅުވިއެވެ. ކުއާޓާގައި ޒަޔާން އާއި ނިބާލްގެ ޕެއާ ކުޅޭނީ، ނިތިން އާއި ވެންކަޓާގެ ޕެއާއާ ދެކޮޅަށެވެ.

މިކްސް ޑަބަލްސްގައި ޒަޔާން އާއި ނަބާގެ ޕެއާ އިން ވަނީ ޔޫގާންޑާގެ ޑޭވިޑް ވައިސްވާ އާއި ސާރާ ނަމުގާބޯގެ ޕެއާ އަތުން މޮޅުވެފަ އެވެ. ކުއާޓާގައި ޒަޔާން އާއި ނަބާގެ ޕެއާ ބައްދަލުކުރާނީ، މެލޭޝިއާގެ އެންޑީ ޔޫ އާއި ލޯ ޒީ ވެއި ގެ ޕެއާއާ އެވެ.

މިކްސް ޑަބަލްސްގައި ނިބާލް އާއި ނަބީގެ ޕެއާ ބަލިވީ އިންޑިއާގެ މޯހިތު ޖަގްލާން އާއި ލަކްޝިތާ ޖަގްލާންގެ ޕެއާ އަތުން، ތިން ސެޓަށް ކުޅެގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް