ads
ޗާގޯސް ހިމެނޭ ސަރަހައްދުގެ ސެޓެލައިޓް ފޮޓޯ
ވައުދާއި އެއްގޮތަށް ޗާގޯސް ހޯދަން މަސައްކަތް ނުކުރާތީ ޑިމޮކްރެޓުން ކަންބޮޑުވެއްޖެ
މި ސަރުކާރުގެ ވައުދާ އެއްގޮތަށް ޗާގޯސް މައްސަލާގައި އަމަލުކުރަމުން ނުދާތީ ދަ ޑިމޮކްރެޓްސްއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
Advertisement

އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޗާގޯސްގެ ރަށްތަކުގެ ސިޔާދަތާ ގުޅޭގޮތުން ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުންދިޔަ ސިޔާސަތު ބަދަލު ކުރީ ނިމިދިޔަ ސަރުކާރުން ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށާއި ދިވެހިންނަށް ލިބުނު ގެއްލުމާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެސް މިހާތަނަށް ފިޔަވަޅު އަޅާފައި ނުވާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

"ޗާގޯސް ރަށްތަކުގެ ސިޔާދަތާ ގުޅޭގޮތުން އުފެދިފައިވާ ދެބަސްވުމުގައި، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ގަބޫލު ކުރައްވައި، ދިވެހިރާއްޖޭގެ ފަރާތުން ދައުވާ ކުރުމުގެ ހައްގު ނިމިދިޔަ ސަރުކާރުން ސިއްރު ސިޓީއަކުން ދޫކޮށްލައްވައި އަދި އދ. ގައި އެގޮތަށް ވޯޓު ދެއްވުމަކީ ދަ ޑިމޮކްރެޓްސްއިން މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށް، ކުށްވެރި ކުރި ކަމެއް،" އެ ޕާޓީން ނެރުނު ބަޔާނުގައި ބުންޏެވެ.

ޑިމޮކްރެޓްސްއިން ބުނީ ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އެ ނިންމުން އަލުން މުރާޖާ ކުރާނެ ބުނެފައިވާއިރު ޗާގޯސް ރަށްތަކުގެ ސިޔާދަތުގެ މައްޗަށް ދައުވާ ކުރުމުގެ ހައްގު އަލުން ހޯދުމަކީ އެމަނިކުފާނގެ ރިޔާސީ ވައުދެއް ކަމަށެވެ.

އެހެންނަމަވެސް މި ސަރުކާރުން އެކަމާ މެދު އެއްވެސް ފިޔަވަޅެއް ނާޅަނީސް އިނގިރޭސިވިލާތުގެ ސަރުކާރުން ޗާގޯސް، މޮރިޝަސްއާ ހަވާލު ކުރަން ނިންމާފައިވާކަން ޑިމޮކްރެޓްސްއިން ފާހަގަ ކުރި އެވެ.

މީގެ އިތުރުން މި ސަރުކާރުންވެސް މި މައްސަލައާއިއެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވަނީސް، އިނގިރޭސިވިލާތުގެ ސަަރުކާރުން ޗާގޯސް މޮރިޝަޝް އާއިހަވާލުކުރުމަށް ނިންމިކަން މިހާރު ވަނީ އިއުލާނުކޮށްފައި ކަމަށާއި މިއީ ދައުވާކުރުމުގެ ހަައްގު ދިވެހިރާއްޖެއިން ދޫކޮށްލެއްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާދަތަށް ލިބިގެންދާ ގެއްލުމެއް ކަމަށް ދެކޭކަަމަށް ޑިމޮކްރެޓްސް ޕާޓީން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް