ads
ހިޒްބުﷲ ހަމާއަތުގެ އިސް ލީޑަރު ހާޝެމް ސަފިއްދީން/ ފޮޓޯ: ސްކައި ނިއުސް
ޔަހޫދީންގެ ހަމަލާތަކަށް ފަހު އިސް ލީޑަރު ސަފީއްދީންގެ ހަބަރެއް ނުވޭ
ލުބްނާންގެ އާންމު ރައްޔިތުން ސަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ އުދުވާނުގެ ދަށުން މިދިޔަ ހުކުރު ދުވަހު ވެރިރަށް ބައިރޫތުގައި ހުންނަ ހިޒްބުﷲގެ ޖާސޫސީ މައި މަރުކަޒަށް ބޮމުގެ ހަމަލާތައް ދިން ފަހުން ހިޒްބުﷲގެ އިސް ލީޑަރެއް ކަމަށްް ވާ ހާޝިމް ސަފީއްދީން އާއި ގުޅުން ކެނޑިފައިވާ ކަމަށް ލުބުނާނުގެ ސަލާމަތީ މަސްދަރުތަކުން ބުނެފި އެވެ.
Advertisement

ޔަހޫދީ ފައުޖުތަކުން ވެރިރަށް ބައިރޫތުގައި ހުންނަ ޙިޒްބުﷲގެ ޖާސޫސީ މައި މަރުކަޒަށް ބޮމުގެ ހަމަލާތައް ދީފައިވަނީ ވެސް ހިޒްބުاللهގެ އިސް ލީޑަރެއް ކަމަށްް ވާ ހާޝިމް ސަފީއްދީން އަވަހާރަކޮށްލުމަށެވެ.

އެގޮތުން ހުކުރު ދުވަހު ދިން މި ހަމަލާއަށް ފަހު ޔަހޫދީ ފައުޖުން ބުނީ ހިޒްބުاللهގެ ޖާސޫސީ މައި މަރުކަޒަށް ޙަމަލާ ދީފައި ވަނީ, ސީދާ ޙިޒްބުاللهގެ އިސް އޮފިޝަލެއް ކަމުގައިވާ ހާޝިމް ސަފީއްދީން ޝަހީދު ކޮށްލުމަށް ކަމުގަ އެވެ.

ސެޕްޓެންބަރު 28ވަނަ ދުވަހު ޔަހޫދީ ފައުޖުން ދިން ޙަމަލާތަކުގައި އެ ޖަމާއަތުގެ ވެރިޔާ އަލް-ސައްޔިދް ހަސަން ނަސްރުالله ވެސް ވަނީ ސަހީދު ކޮށްލާފައެވެ. ނަސްރުﷲ ގެ ބަދަލުގައި ހިޒްބުﷲ ހިންގުމުގެ ކަންކަމާ ދެން ހަވާލުވެ ވަޑައިގަންނަވާނީ ސަފީއްދީން ކަމަށް ބެލެވޭއިރު، އޭނާ ސަހީދު ކޮށްލަން ދިން ހަމަލާތައް ކާމިޔާބުވި ކަން އަދި ވެސް ހިޒްބުﷲން ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.

އެހެން ނަމަވެސް އެ ހަމަލާއަށް ފަހުން ސަފީއްދީންގެ ހަބަރެއް ނުވާއިރު، އޭނާ ގުޅުންވެސް ކެނޑިފައިވާ ކަމަށް ހިޒްބުﷲ އިން ބުނެ އެވެ.

ލުބުނާނުގެ ސަލާމަތީ މަސްދަރަކުން އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ ހުކުރު ދުވަހު ޔަހޫދީންގެ ފައުޖުތަކުން ދިން ވަރުގަދަ ވައިގެ ހަމަލާތަކަށް ފަހު ހާޝިމް ސަފީއްދީންގެ އެއްވެސް ހަބަރެއް ނުވާކަމަށާއި އަދި ނުވެސް ގުޅޭކަމަށެވެ.

ޔަހޫދީންގެ ފައުޖުތަކުން ވައިގެން ހަމަލާތައް ދިން އިރު، ހާޝިމް ސަފީއްދީން ހުންނެވީ ހިޒްބުﷲهގެ ބިންގަރާސް ތެރޭގައި ހުންނަ ޖާސޫސީ މައި މަރުކަޒުގެ ތެރޭގައި ކަމަށް ވެސް ބެއިރޫތުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ހިޒްބުﷲ ޖަމާއަތުގެ އެގްޒެކެޓިވް ކައުންސިލްގެ ޗެއާމަންގެ ހައިސިއްޔަތުން ސަފީއްދީނަކީ އެ ޖަމިއްޔާގެ އެންމެ އިސް ލީޑަރުންގެ ތެރެއިން އެކަކަށް ވާއިރު، އޭނާ އަކީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ޔަހޫދީ ފައުޖުތަކުން ސަހީދުކޮށްލި ހަސަން ނަސްރުﷲ ގެ ދެބެއިންދެރި ކޮށްކޮއެއް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އިޒްރޭލުން މިވަގުތު ވެސް ދަނީ، ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲ އާ ދެކޮޅަށް ލުބްނާނަށް ވެސް އެއްގަމާއި ވައިގެ މަގުން ހަމަލާތައް ދެމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 41500 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް