ads
ރައީސް މުއިއްޒު އަދި އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު
ރައީސް އިންޑިއާއިން 100 މިލިއަން ޑޮލަރުގެ އެހީއަކަށް އެދިވަޑައިގަންނަވާނެ: ބީބީސީ
ރައީސް ޑރ، މުައްމަދު މުއިއްޒު، އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އިގްތިސާދީ އެހީއަކަށް އެދިވަޑައިގަންނަވާނެކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.
Advertisement

ބީބީސީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ރައީސް  މުއިއްޒު މިއަދު ދުވަހު ފަށްޓަވާ ފަސް ދުވަހުގެ ދަތުރުފުޅުގައި، 100 މިލިއަން ޑޮލަރުގެ އެހީއަކަށް އެދިވަޑައިގަންނަވާނެ އެވެ.

އެ ރިޕޯޓުގައި ބުނާގޮތުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް 440 މިލިއަން ޑޮލަރަށް ދަށްވެފައިވާކަމަށާއި، މިއީ އެންމެ ދޮޅު މަހުގެ އިމްޕޯޓަށް ބޭނުންވާ މިންވަރުކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ރައީސް މުއިއްޒު ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، އިންޑިއާއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ތަރައްގީގެ ބައިވެރިއަކަށް ވާތީ، ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެހީތެރިވެދެއްވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. ނަމަވެސް، ރިޔާސީ އިންތިހާބުގެ ކެމްޕޭނާއި އަޅާ ބަލާއިރު، މިހާރު އިންޑިއާ އާ ދޭތެރޭ ރައީސް ގެންގުޅުއްވާ ރަޙްމަތްތެރިކަމުގެ ރާގު ތަފާތެވެ. 

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި، އިންޑިއާގެ އެހީ ހޯދުމަކީ ރައީސް މުއިއްޒުގެ މި ދަތުރުފުޅުގެ މުހިންމު އެއް މަގްސަދުކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

ބީބީސީގެ މިރިޕޯޓާއި ގުޅިގެން ރައީސް އޮފީހުން އަދި ވަކިއެއްޗެެއް ހާމައެއްނުކުރެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް