ads
ދިވެހި ލީގުގައި ނިލަންދޫއާ ފޯކައިދޫ ކުޅުނު މެޗެއްގެ ތެރެއިން
ޕްރިމިއާ ލީގު މާލޭ ޓީމުތަކުން އެކަނި ކުޅެގެން ދެންވެސްވާނީ ފެއިލް!
ޕްރެމިއަރ ލީގް އެންމެ ޒޯނަކަށް މަރުކަޒުކޮށްގެން ރާއްޖޭގައި ކުރި 16 އަހަރުގެ ތަޖްރިބާ މިއޮތީ ފެންނަން ކަމަށާއި ލީގް ފޭލްވީ ކަމަށް، ކުރީގެ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހާމިދް އަބްދުލް ގަފޫރު ވިދާޅުވެއްޖެއެވެ.
Advertisement

ކުރީގެ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީކަންވެސް ކުރައްވާފައިވާ ހާމިދު، ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާ މެދު ސިލްސިލާކޮށް ލިޔުއްވާ ރިޕޯޓްތަކުގެ ތެރެއިން އެންމެ ފަހުން ލިޔުއްވި ރިޕޯޓްގައި ވިދާޅުވީ ޕްރެމިއަރ ލީގް އެންމެ ޒޯނަކަށް މަރުކަޒުކޮށްގެން ރާއްޖޭގައި ކުރި 16 އަހަރުގެ ތަޖްރިބާ މިއޮތީ ފެންނަން ކަމަށާއި ލީގް ފޭލްވީ ކަމަށެވެ.

ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ހާމިދު ވިދާޅުވީ ޕްރެމިއަރ ލީގް އެންމެ ޒޯނަކަށް މަރުކަޒުކޮށްގެން ރާއްޖޭގައި ކުރި 16 އަހަރުގެ ތަޖްރިބާއަކީ ލީގު ފެއިލްވުން ކަމަށެވެ.

ޕްރެމިއަރ ލީގް އެންމެ ޒޯނަކަށް މަރުކަޒުކޮށްގެން ރާއްޖޭގައި ކުރި 16 އަހަރުގެ ތަޖްރިބާ މިއޮތީ މިހާރު ފެންނާށެވެ. ލީގް ފޭލްވީއެވެ. އަދި އެސޯސިއޭޝަން ވެސް ފޭލްވީއެވެ. ދަނޑަށް ފެންޖަހާ މީހުނަށްވުރެ ސަޕޯޓަރުން މަދެވެ. މަރުކަޒުކުރުމުން ލީގް ފޭލްވާން ދިމާވި ހަމަ އެހާމެ މުހިންމު އެހެން ސަބަބެއް އޮވެއެވެ. އެއީ އިޖްތިމާއީ އިންސާފުގެ އުސޫލް ނެތުމެވެ. އިޖްތިމާއީ އިންސާފުގެ އުސޫލަކީ އެހެން ޒޯންތަކަށްވެސް ހަމަހަމަ ފުރުސޮތު ދިނުމެވެ. އެހެންނޫންނަމަ ހަގީގީ ގައުމީ ލީގަކަށް ނުވާނެއެވެ. އަދި ދެމެހެއްޓެނިވި ލީގަކަށްވެސް ނުވާނެއެވެ.

އަތޮޅުތަކަށް ނިސްބަތްވާ ފުޓްބޯޅަ ޓީމުތައް ބޭރުކުރުމަށް ފަހު ދިވެހި ޕްރިމިއަ ލީގު އަލުން ބައްޓަން ކުރީ 2020 ވަނަ އަހަރުއެވެ. ތިން އަހަރަށް ފަހު އަތޮޅުތަކުގެ ޓީމުތައް ދިވެހި ޕްރިމިއަ ލީގުން ބޭރުކުރަން ނިންމީ މިހާރު މުއްދަތު ހަމަވެފައިވާ، ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯއިންނެވެ. އެ އެކްސްކޯއާއެކު ދިވެހި ފުޓްބޯޅަވަނީ އިނދަޖެހިފައެވެ. ޕްރިމިއަ ލީގުގައި އެންމެ ފަހުން ކުޅުނު އަތޮޅުތެރެއަށް ނިސްބަތްވާ ދެ ޓީމަކީ ފ. ނިލަންދޫ އަދި ށ. ފޯކައިދޫއެވެ.

ހާމިދު ވިދާޅުވި ގޮތުގައި ޒޯން ތަކަށް ބަލާލުމުން ފެންނަނީ އުއްމީދުން ފުރިފައިވާ ކުޅުންތެރިން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އުފެދިއްޖެކަމެވެ. ހިތާމަޔަކީ އެކުޅުންތެރިންގެ އުއްމީދު ހަގީގަތަކަށް ހަދަން މާލެއަންނަން މަޖުބޫރުވާކަމާއި މާލެ އައިސް ހުންނާނެ ގޮތެއް ހޯދާ، ކްލަބުން މުސާރަނުދެވޭނަމަ، ވަޒީފާއެއްވެސް ހޯދައިގެން ކުޅެން ވަގުތު ހުސްކުރެވޭތޯ ބެލުން ކަމަށް ހާމިދު ވިދާޅުވިއެވެ. ހާމިދު ވިދާޅުވި ގޮތުގައި ކުޅުންތެރިން ނިކަމެތިވީ މާލެއަށް ލީގް ހަނިކުރީމައެވެ!

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް