ads
ރައީސް ޑރ މުއިއްޒުއާއި ކުރީގެ ރައީސް ނަޝީދު
ރާއްޖެ އާއި އިންޑިއާ އަބަދު ވެސް ދެމި އޮންނަން ވާނީ އެކުވެރި ދެ ގައުމުގެ ގޮތުގައި: ނަޝީދު
އިންޑިއާ އާއި ރާއްޖެ އަބަދުވެސް ދެމި އޮންނަން ވާނީ އެކުވެރި ދެ ގައުމުގެ ގޮތުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ރައީް ޑރ. މުއިއްޒު މިއަދު ހަވީރު ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ. 

މި ދަތުރުފުޅާއި ދިމާކޮށް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއަކީ އެއްގޮތް ކަންތައްތަކެއް ހުންނަ ދެ ގައުމު ކަމަށެވެ. މިގޮތުން އެއްގޮތްކަންކަމުގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ މިއުޒިކާއި ފިލްމާއި ކާބޯތަކެއްޗާއި ސަގާފަތާއި ތާރީހާއި ޖިއޮގްރަފީ ފަދަ ގިނަ ކަންކަމެވެ.

"އަހަރެމެން [ދެ ގައުމު] އަބަދު ވެސް ދެމިތިބެން ވާނީ އެކުވެރިންގެ ގޮތުގައި. ހުރިހާ ކަމެއް ހަމަޖެހި، ގުޅުން ރަނގަޅުވުމުން އެކަމާ ވަރަށް އުފާކުރަން. ބޮޑުވަޒީރު މޯދީ އާއި ރައީސް މުއިއްޒުއަށް މަރުހަބާ،" އަބަދު ވެސް އިންޑިއާއާ ގާތް ގުޅުމެއް ބާއްވަވާ ނަޝީދު ވިދާޅުވި އެވެ.

މި ވެރިކަމުގެ ކުރީކޮޅު އިންޑިއާ އާއި ރާއްޖެއާ ދެމެދު ޖެހުނު މައްސަލަތަކަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ ދެ ގައުމުގެ ގުޅުން ރަނގަޅުވެ، ކަންކަން ހަމައަކަށް އެޅިފައިވާ މަންޒަރު ފެނިވަޑައިގަތުމުން އުފާ ކުރައްވާ ކަމަށެވެ.

އެކަމަށްޓަކައި ނަޝީދު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް މުއިއްޒަށް މަރުހަބާ ދަންނަވައިފަ އެވެ. 

"އިންޑިއާ އައުޓް"ގެ ނަމުގައި ކެމްޕެއިނެއްކޮށް، ވެރިކަމަށް އައި މި ސަރުކާރުގެ ކުރީ ކޮޅުގައި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. އަދި މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް މީސްމީޑިއާގައި ކުޑައިމީސްކުރުމުން ރާއްޖެ އިންޑިއާ ގުޅުން އިތުރަށް ގޯސްވި އެވެ. އެއަށް ފަހުގައި ދެ ގައުމުގެ ގުޅުން ހީނަރުވެ، ނުތަނަވަސްކަން އޮތީ އުފެދިފަ އެވެ.

ނަމަވެސް ސަރުކާރުން މިހާރު ގެންދަނީ، ވަރަށް ބޮޑަށް ހީނަރުވެފައިވާ ގުޅުން އަލުން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ރައީސްގެ މި ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރާ އެވެ. ރައީސް އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ރަސްމީ ވާހަކަތަކާއި އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ މާދަމާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް