ads
ރައީސް މުއިއްޒުއަށް އިންޑިއާގެ ރިޔާސީ ގަނޑުވަރުން މަރުހަބާ ދެންނެވުން
އިންޑިއާއިން ރައީސް މުއިއްޒަށް ކުލަގަދަ ރަސްމިއްޔާތަކާއެކު މަރްހަބާ ދަންނަވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިޔާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި އިންޑިޔާ ސަރުކާރުން ވަރަށް ކުލަގަދަކޮށް މަރުހަބާ ދަންނަވައިފިއެވެ.
Advertisement

މިއަދު ހެނދުނު އިންޑިޔާގެ ރިޔާސީ ގަނޑުވަރު ރާސްތުރަޕަތީބަވަންގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް މަރުހަބާ ދެންނެވީ އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ.

މި ރަސްމިއްޔާތުގައި ދެ ގައުމުގެ ގައުމީ ސަލާމް ކުޅެ، ރައީސް މުއިއްޒުގެ ޝަރަފުގައި ޚާއްޞަ ގާޑް އޮފް އޮނަރ އެއް އަރުވާފައިވެއެވެ. މީގެ އިތުރުން އިންޑިޔާގެ އަސްކަރިއްޔާގެ ހާއްސަ ހަރަކާތްތަކަކާއި ސަގާފީ ހަރަކާތްތައްވެސް ދައްކުވައިދީފައިވެއެވެ. މިފަދަ ކުލަގަދަ މަރުހަބާއެއް ދެންނެވުމަކީ ދެ ގައުމުގެ ގުޅުމުގެ ބާރުކަން ދައްކުވައިދޭ ކަމެކެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި އިންޑިޔާގެ އިސް ވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދު އޮތް އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި ނިއު ދިއްލީގެ އިތުރުން މުމްބާއީ އަދި ބެންގަލޫރަށްވެސް ޒިޔާރަތްކުރައްވާނެއެވެ.

އިންޑިޔާގެ ރައީސްގެ ދަޢުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް މުއިއްޒުގެ އަރިހުގައި ސަރުކާރުގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅުގެ މެހުމާންދާރީގެ ހުރިހާ ކަމެއް ހަމަޖައްސަވަނީ އިންޑިޔާ ސަރުކާރުންނެވެ. މިފަދަ މަތީ ފެންވަރެއްގައި ބޭއްވޭ ދަތުރުފުޅަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް