ads
ހަނިމާދޫ އެއާޕޯތްގެ ރަންވޭ ނިންމާ ރަސްމީކޮށް ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ބޮޑު ވަޒީރު މޯދީ އިފްތިތާހު ކޮށްދެއްވަނީ
ހަނިމާދޫ އެއާޕޯޓް ނިމުން ރަސްމީކޮށް ފާހަގަކޮށްފި
ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓްގެ ރަންވޭގެ މަސައްކަތް ނިންމާ ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
Advertisement

ރަންވޭ ނިންމާ ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ރައީސް ޑރ މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. ހަނިމާދޫ އެއާޕޯޓްގެ ރަންވޭގެ މަސައްކަތް ނިމުން ރަސްމީކޮށް އިފްތިތާހުކޮށްފައި މިވަނީ ރައީސް ޑރ. މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރާއްޖޭގެ އެންމެ އުތުރުގައި ހިމެނޭ އެއާޕޯޓްތަކުގެ ތެރެއިން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން މިދިޔަ ސަރުކާރުން ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެވެ. މި މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާ އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު މަޝްރޫއަކީ މުޅި އުތުރުގެ ފަތުރުވެރިކަމާއި ގުޅިފައިވާ ބޮޑުތިލަދުންމަތީގެ އިގުތިސޯދާއި ސީދާ ގުޅިފައިވާ މަޝްރޫއެކެވެ. މިމަސްރޫއުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. މި އެއާޕޯޓު ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ވަސީލަތްތަކާއެކުގަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް