ads
ރޫޕޭ ކާޑް ބޭނުންކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕޭ ކުރަނީ
އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރަން ފަށައިފި
ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑް ބޭނުންކުރެވޭ ގޮތް ހަދާ އެ ހިދުމަތް މިއަދު ފަށައިފިއެވެ.
Advertisement

ރުޕޭ ކާޑުގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ކާޑުގެ ހިދުމަތް ފެށީ ދެ ގައުމުގެ ދެމެދުގައި ބޭއްވި ރަސްމީ ވާހަކަތަކަށް ފަހު ދެ ގައުމުން ސޮއިކުރި އެއްބަސްވުންތަކަށް ފަހުއެވެ. 

ރުޕޭ ކާޑު ތައާރަފުކޮށް ފުރަތަމަ ވިޔަފާރި ކުރީ ރާއްޖޭގެ ހުރި އޮތެންޓިކް މޯލްޑިވްސްގެ ފިހާރައިންނެވެ.

ރުޕޭ ކާޑު ތައާރަފުވުމުން ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިން އަދި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައިވެސް ރުޕޭ ކާޑު ބޭނުންކުރެވޭނެއެވެ. 

ރުޕޭ އަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭނުންކުރެވޭ ގޮތަށް ރިޒާވް ބޭންކް އޮފް އިންޑިއާއިން 2012 ވަނަ އަހަރު ތައާރަފުކުރި މަލްޓިނޭޝަނަލް ފައިނޭންޝަލް ސާވިސް ޕޭމަންޓު ނެޓުވޯކެކެވެ. މި ހިދުމަތް ތައާރަފުކުރީ އިންޑިއާގެ އިގްތިސާދުގެ ތެރޭގައި އެންބުރޭ ކަރުދާސް ފައިސާގެ އަދަދު މަދު ކުރުމަށެވެ. 

ރުޕޭ ކާޑުގެ ހިދުމަތް ރާއްޖޭގައި ދިނުމުގެ މަސައްކަތް ފެށީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާ ދެމެދު 5 ޑިސެމްބަރު 2019 ގައި އެކުލަވާލި އެއްބަސްވުމެއްގެ ދަށުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް