ކާވާ މުބާރާތް ކުރިއަށްދަނީ އަވައްޓެރި ލަންކާގައެވެ. މި މުބާރާތުގައި ދިވެހި ޒުވާން ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ކުޅުނު ދެވަނަ މެޗުގައި ބަލިވީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ސްރީ ލަންކާ އަތުންނެވެ.
ދެވަނަ މެޗުގައި ރޭ ލަންކާ އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. އެއީ 25-14، 25-14 އަދި 25-11 އިންނެވެ. ފުރަތަމަ މެޗުން ރާއްޖެ ވަނީ ސީދާ ތިން ސެޓުން ތުރުކުމެނިސްތާން އަތުން ބަލިވެފައެވެ.
ހަ ގައުމު ވާދަކުރާ މި މުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ލަންކާ އާއި، އުޒްބެކިސްތާނާއި، ކިރްގިސްތާނާއި، ނޭޕާލް އަދި ތުރުކުމެނިސްތާނެވެ. މުބާރާތް ކުރިއަށްދަނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮލޮމްބޯގެ ސުގަތަދާސަ އިންޑޯ ސްޓޭޑިއަމުގައެވެ.