މިދިޔަ ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދިންކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މއ.މަސްފަން އުމުރުން 37 އަހަރުގެ މުނީޒުއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މީހާ ހައްޔަރުކުރީ މިދިޔަ އާދިއްތަ ދުވަހުކަމަށާއި އޭނާ ޝަރީއަތް ނިމެންދެން ކޯޓުން ބަންދުގެ މުއްދަތު ޖަހާދީފައިވާކަމަށެވެ