އޭނާ ކޮންމެ ދުވަހެއްގެ ހެނދުނު ކުރާ އާދަކާދައިގެ ތެރެއިން ކޮފީ ބުއިމަށްފަހު އަތިރިމައްޗަށް ހިނގާލަން ދިޔުމުން، އަގުހުރި މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ފެނުނެވެ.
ޗިންޗޮން ބުނީ މާވަހަރު ބުނީ ހެނދުނު 6:30 ހާއިރު ކަމަށެވެ. ނަމަވެސް މަސައްކަތުގެ ބިޒީކަމުން އަދި އިތުރަށް އެކަމާ އުޅެވިފައި ނުވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
ސޯޝަލް މީޑިއާ އިންފްލުއެންސަރު އާސިމް ވަހީދު (ޗިންޗޮން)
މި ވަގުތު އެއީ މާވަހަރެއްތޯ ޔަގީންކުރުމަށް އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭނެ ކަމަށް ޗިންޗޮން ބުންޏެވެ. އަދި އެކަމަށްޓަކައި އެ އެއްޗެއް މާލެ ގެނައުމަށް ވިސްނާފައިވާ ކަމަށްވެސް އޭނާ ހާމަކުރިއެވެ.