ads
ބައްސާމް
ބައްސާމްގެ މައްސަލަ: ބޭންކް ސްޓޭޓްމަންޓްތަކެއް ސިއްރުކުރަން ދައުލަތުން އެދިއްޖެ
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ހުށަހެޅިފައިވާ ހިޔާނާތާއި މަނީ ލޯންޑަރިންގގެ މައްސަލައިގައި ބައެއް ބޭންކް ސްޓޭޓްމަންޓްތައް ސިއްރުކޮށްދިނުމަށް ދައުލަތުން އެދިއްޖެއެވެ.
Advertisement

މިއަދު ބޭއްވުނު މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން މިގޮތަށް އެދުނީ، އެ ހެކިތައް ދިފާއަށް ދޫކޮށްފިނަމަ މުޖުތަމައުގެ ތެރެއަށް ފެތުރިދާނެކަމުގެ ބިރަށް ކަމަށް ބުނެފައިވެއެވެ.

ދައުލަތުން ސިއްރުކުރަން އެދޭ ސްޓޭޓްމަންޓްތަކަކީ ބައްސާމްގެ އަމިއްލަ ބޭނުންތަކަށް ފައިސާ ޖަމާކޮށްފައިވާ އެކައުންޓްތަކުގެ ސްޓޭޓްމަންޓްތަކެވެ. މީގެ ތެރޭގައި ހިމެނެނީ އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަކުން ބައްސާމްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރި 9،999 ޑޮލަރާ ގުޅޭ މައުލޫމާތު ކަމަށް ބެލެވެއެވެ.

ނަމަވެސް، މި ހެކިތައް ސިއްރުކުރި ކަމުގައިވިޔަސް، ކޯޓުގައި ދައުލަތުގެ ހާޒިރުގައި ދިފާއަށް އެ ހެކިތައް ބަލައި ދިރާސާކުރުމުގެ ފުރުސަތު ދިނުމަށް ދައުލަތުން އެއްބަސްވެފައިވާކަން ފާހަގަކުރެވެއެވެ. 

މި މައްސަލައިގައި ބައްސާމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ދިން 9،999 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައެވެ. މި މައްސަލައިގައި ބައްސާމަށް ކުރިމަތިވެފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ، އޭނާއަށް ދިގު މުއްދަތަކަށް ޖަލަށްލުމާއި ބޮޑު އަދަދަކުން ޖޫރިމަނާކުރުމުގެ ފުރުސަތު އެބައޮތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް