މިކަން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ވޭމަންޑޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ އެއްބަސްވުމުގެ އިތުރުން ވޭމަންޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހެވެ.
ވޭމަންޑޫ ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކޮށް، ރަށުގެ ތަރައްގީއަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން، އެ ރަށުގެ ބަނދަރު ތަރައްގީކުރުމާއި ބިން ހިއްކުމުގެ ދެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އާއެވެ.
މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ވޭމަންޑޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއްލިބި، ރަށުން ގޯތި ދޫ ކުރުމަށާއި، ސިނާޢީ މަސައްކަތް ކުރުމަށް އިތުރު ޖާގަ ތަނަވަސް ވެގެން ދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;