ads
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ރިޒާވަށް އިތުރު 100 މިލިއަން ޑޮލަރު ހޯދަން މަޝްވަރާކުރަނީ
މެދުއިރުމަތީ ހިނގާ ހަނގުރާމައިގެ ސަބަބުން ރިޒާވަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމުގެ ބިރު އޮތުމުން ރާއްޖޭގެ ރިޒާވަށް އިތުރު 100 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މުސާ ޒަމީރު ވިދާޅުވެއްޖެއެވެ.
Advertisement

މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ހައްލުކުރެއްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުއްވުމުގެ މަގުސަދުގައި ރައީސް މުއިއްޒު ވަނީ ވަޒީރުންގެ ކޮމެޓީއެއް އެކުލަވާލާފައެވެ. 

އެކޮމެޓީން މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރިޒާވަށް އިތުރު 100 މިލިއަން ޑޮލަރު ހޯދުމަށް ބޭރުގެ އެޖެންސީތަކާއި ވާހަކަ ދައްކަމުން އަންނަކަމަށެވެ. އަދި މިހާރު އޮތީ ރައީސް މުއިއްޝޒުގެ ފަހުގެ ހުއްދަ ދެެއްވުންކަމަށް ޒަމީރު ވިދާޅުވިއެވެ. 

" އިންޓަނޭޝަނަލް މަލްޓިލެޓްރަލް ދެ އެޖެންސީއަކާ އެކު މަޝްވަރާކޮށްގެން އިއްޔެއާ ހަމައަށް އެއްބަސްވުމަކާ ހަމައަށް ވަނީ އާދެވިފައި. މިހާރު ދިވެހި ސަރުކާރުން ނަގަންޖެހޭ ފައިނަލް ހުއްދަ ނެގުމަށް ޓަކައި މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ވެސް ފޮނުއްވާފައި،" ޒަމީރު ވިދާޅުވިއެވެ.

އެހެންނަމަވެސް މި ފައިސާ ހޯދަނީ ކޮން އިންޓަރެސްޓް ރޭޓެއްގައިކަމެއް މިނިސްޓަރު ޒަމީރު ވިދާޅެއް ނުވެެއެވެ. މިނިސްޓަރު ޒަމީރު ވިދާޅުވީ މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ތެލާއި ގޭހުގެ ދަތިކަމެއް ނެތި އެތަކެތި އެބަހުރިކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;