ފަޒުލް މިހެން ވިދާޅުވީ އެޗްޑީސީއަށް ރައްދުކޮށް ރައްޔިތުން މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެން ޝަރީފް ހިތްހަމަނުޖެހުން ފާޅުކޮށް އެ ކޯޕަރޭޝަނަަށް ފާޑު ވިދާޅުވުމާއި ގުޅިގެންނެވެ.
ހުޅުމާލޭ ފޭސް ދޭއްގެ އަނދިރި މަގުތައް ފެންނަ ފޮޓައަކާއި އެކު މެމްބަރު ހުސެއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެޗްޑީސީ އަކީ މަތި ބަރު ބޮޑު ތަނެއްކަމަށެވެ. އަދި އެތަނުން ރައްޔިތުންނަށް ކޮން ހިދުމަތެއް ދެނީ ބުނެ ސުވާލުވެސް ވަނީ އުފައްދާފައެވެ.
މި ވާހަކަތަކަށް ރައްދުދެއްވަމުން ފަޒުލް ރަޝީދު ހުޅުމާލޭ ފޭސް ދޭއްގެ މަގު ބައްތި ދިއްލުމަށް ބޭނުންވާ ކަރަންޓް ވިއުގައިގެ މަސައްކަތް މިއަހަރުގެ އޮގަސްޓުމަހު ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް މަގު ބައްތިތަކަށް އަޅާފައިވާ ކޭބަލްތައް ވަގަށް ނަގާފައިވާކަމަށް މައުލޫމާތައްޓަކައި ދަންނަވާލާކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ މަގުތައް އަލިކުރަން ބޭނުންވާ ތަކެއްޗަށް މިހާރު އޯޑަރު ކޮށްފައިވާކަމަށެވެ.
މެމްބަރުން ހުސެއިންގެ ޕޯސްޓާއި ގުޅިގެން ފަޒުލް ވިދާޅުވީ ހުޅުމާލޭގެ ތަރައްގީގެ މަސައްކަތްތައް ހުއްޓުމެއް ނެތި ދަނީ ކުރަމުން ކަމަށެވެ.
އެޗްޑީސީގެ މުވައްޒަފުން ވަރުބަލިކަމެއް ނެތި ހުޅުމާލޭގެ ތަރައްގީގެ މަސައްކަތްތައް ކުރަމުން އަންނަަކަމަށާއި އެކަން ޝުކުރުވެރިކަމާއި އެކު ފާހަގަކުރާކަމަށް ފަޒުލް ވިދާޅުވިއެވެ.