ads
ހުއްދަނެތި މީހުން އުމްރާއަށް ގެންދާނަމަ ބޮޑު ޖޫރިމަނާއެއް
މިނިސްޓްރީން ނަގަން ޖެހޭ ހުއްދަ ނުނަގާ މީހުން އުމްރާއަށް ގެންދާނަމަ ބޮޑު ޖޫރިމަނާއެއް ހިމަނާ އުމްރާ އަށް މީހުން ގެންދިޔުމުގެ އާ އުސޫލު އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފިއެވެ.
Advertisement

އެ މިނިސްޓްރީން މިއަދު އާއްމުކުރި އުސޫލް ބުނާގޮތުން ރާއްޖެއިން މީހުން އުމްރާއަށް ގެންދާ ކުންފުނިތަކުން އަލުން ހުއްދަ ނަގާނަމަ 20000 ރުފިޔާ ދައްކަން ޖެހޭނެއެވެ. އަދި ހުއްދައޮތް ކުންފުންޏަކު އެ ހުއްދަ އާ ކުރާނަމަ 15000 ރުފިޔާ ދައްކަންޖެހެއެވެ. 

މި އުސޫލުގައިވާ ވާ ގޮތުން މިނިސްޓްރީން ނަގަންޖެހޭ ހުއްދަ ނުނަގައި މީހުން އުމްރާއަށް ގެންގޮސްފިނަމަ ބޮޑެތި ޖޫރިމަނާތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ހުއްދަ ނުނަގާ އެއްވެސް މީހަކު އުމްރާއަށް ގެންގޮސްފިނަމަ އެ މައްސަލައެއްގެ ކުޑަ ބޮޑުމިނަސް ނުބަލާ 100،000 ރުފިޔާއާއި 500،000 ލައްކަ ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އިސްލާމިކް މިނިސްޓްރީއަށް ވަނީ ދީފައެވެ. އަދި ހުއްދަ ނުނަގާ އުމްރާއަށް ގެންދާ ކުންފުނުތަކުގައި ނަން އާއްމުކުރާނެކަމަށްވެސް މި އުސޫލުގައިވެއެވެ. 

މީގެއިތުރުން ހުއްދަ ނަގައިގެން އުމްރާއަށް ގެންދާ ކުންފުންޏަކުންވެސް އެއްބަސްވުމާއި ހިލާފުވެއްޖެނަމަ ކުރާނެ ޖޫރިމަނާތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 1000 ރުފިޔާއިން ފެށިގެން 100000 ރުފިޔާއާއި ދެމެދު ޖޫރިމަނާ ކުރެވޭނެކަމަށްް އުސޫލުގައިވެއެވެ. 

ކުރިން އުމްރާއަށް މީހުން ގެންދިޔުމަށް ގްރޫޕްތަކުން ހުއްދަ ނަގަން އެދެވޭނީ މިނިސްޓްރީން އެކަމަށް ހުޅުވާލުމުންނެވެ. ކުރިން ހުއްދައަށް އެދެން ހުޅުވާލާނީ އަހަރު ދެ ފަހަރުއެވެ. އެހެންނަނަމެވެސް މިހާރު އުސޫލަށް އައި ބަދަލު ކޮންމެ އިރަކުވެސް ހުއްދައަށް އެދެވިދާނެއެވެ.

މިހާރު އުސޫލަށް ގެނައި ބަދަލާއެކު ކޮންމެ ދެ އަހަރަކުން ހުއްދަ އަށް އެދެވޭ އިރު ހުއްދައިގެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން އަލުން ހުއްދައަށް އެދެވޭނެކަމަށް ވަނީ ކަނޑައަޅާފައެވެ.

ހުއްދަ ނުނަގާ ބައެއް ކުންފުނިތަކުން މިއަހަރުވެސް ބައެއް މީހުން އުމްރާއަށް ގޮސް ބައެއް މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އެގޮތުން އުމްރާއަށް ދިޔަ މީހުންނަށް ރާއްޖެ އާދެވޭގޮތް ނުވެ އެކަމުގެ ތެރެއަށް ސަރުކާރުން ވަންނަން ޖެހިފައިވެސް އެބަހުރިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް