ޕޮގްބާ ހަތަރު އަހަރަށް ސަސްޕެންޑް ކުރީ މަނާ ބޭހަކަށް ޕޮޒިޓީވް ވެގެންނެވެ. އެކަމަކު އޭނާ މަނާބޭހަށް ޕޮޒިޓިވް ވީ، ނޭނގުމެއްގެ ތެރޭގައި އެ ބޭނުން ކުރެވިގެން ކަމަށް ބުނާ ބުނުމަށް ތަޖުރިބާކާރުން ތާއީދު ކުރުމުން، އޭނާގެ ސަސްޕެންޝަންގެ މުއްދަތު ހަތަރު އަހަރުން، 18 މަސްދުވަހަށް ކޯޓް އޮފް އާބިޓްޜޭޝަން ފޯ ސްޕޯޓްސް (ކާސް) އިންވަނީ ނިންމާފައެވެ.
ހިލޭ ޓްރާންސްފާގައި 2022 ވަނަ އަހަރު ޔުވެންޓަސްއާ އަލުން ގުޅުމަށް ފަހު، އަނިޔާތަކާ ގުޅިގެން ޕޮގްބާ އަށް ވަނީ ކުރީގެ ކުޅުން ނުދެއްކިފަ އެވެ. އެކަން އެހެން އުޅެނިކޮށް ސަސްޕެންޝަނެއްވެސް އައީއެވެ. ސަސްޕެންޝަންގެ މުއްދަތު ކުރު ކޮށްދިނުމާ ގުޅިގެން، އަންނަ އަހަރުގެ މާޗު މަހުން ފެށިގެން ރަސްމީ މެޗުތަކުގައި ކުޅެވޭނެ އެވެ.