ads
ވީއައިއޭގައި ފްލައިޓެއް: ފޮޓޯ އެކްސް މައުމަން
މޫސުން ގޯސްކަމުން އިންޑިއާއިން ރާއްޖެއައި ފްލައިޓެއް ނުޖެއްސި އަނބުރާ އިންޑިއާއަށް
މޫސުން ގޯސްވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިންޑިއާއިން ރާއްޖެއަށް އައި ފްލައިޓެއް ނެޖުއްސި އަނބުރާލަން ޖެހިއްޖެއެވެ.
Advertisement

މި ފްލައިޓަކީ އިންޑިއާގެ ކޮޗިންއިން ރާއްޖެއަށް އައި އިންޑިގޯގެ ފްލައިޓެކެވެ. 

"މޫސުން ގޯސްކަމުން ފުލައިޓު އަނބުރާލާފަ ދިޔައީ ކޮޗިންއަށް،" މި ހާދިސާގެ މައުލޫމާތު ދިން މީހަކު ބުންޏެވެ. 

ފްލައިޓުގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅުކަމަށާއި، ފްލައިޓު މިހަރުއަލުން ކޮޗިންގައި ޖައްސާފައިވާކަމަށް ވެސް މައުލޫމާތު ދިން މަސްދަރުން ބުންޏެވެ. 

މޫސުން ގޯސްވެސް މިއަދު އޮތީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓުވެސް ނެރިފައެވެ. 

ގަދަވިއްސާރައަކަށް ތައްޔާރުވާން މެޓުން އޮތީ އިލްތިމާސްކޮށްފަ: 

ރާއްޖޭގެ ބޮޑު ސަރަހައްދަށް ގަދަ ވިއްސާރައެއް އަންނާނެކަމަށް ލަފާކޮށް، އާންމުންނަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު އޮތީ އިލްތިމާސްވެސް ކޮށްފައެވެ. 

މެޓުން ލަފާ ދީފައިވަނީ މި ހަފްތާގައި ވެސް ކުރިއަށް އޮތް ދުވަސްތަކުގައި އަންނާނެކަމަށް ލަފާކުރެވޭ ގަދަ ވިއްސާރައަށް ތައްޔާރުވުމަށެވެ.

މެޓް އޮފީހުން ނެރުނު އެންގުމުގައި ބުނެފައިވާ ގޮތުގައި، ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ހުރި ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވެއެވެ. މި ސަރަހައްދުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރުމިނަށް ވައިގަދަވެދާނެކަމަށް ބުނެފައިވެއެވެ.

ހަމައެހެންމެ، މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުރި ސަރަހައްދުތަކަށް ވައިޓް އެލާޓު ވެސް ނެރެފައިވެއެވެ. މި ސަރަހައްދުތަކުގައި ގަޑިއަކު 10 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައިގަދަވެދާނެކަމަށް ބުނެފައިވެއެވެ.

މި ހާލަތާ ގުޅިގެން، މެޓް އޮފީހުން ވަނީ އާންމުންނަށް އިތުރު އިރުޝާދުތަކެއް ދީފައެވެ. މީގެ ތެރޭގައި ކަނޑު ދަތުރުފަތުރު ކުރާއިރު ފަރުވާތެރިވުމަށާއި، އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެދިފައިވެއެވެ. އަދި ގޭގައި ތިބޭއިރު ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ބަންދުކުރުމަށާއި، ގަސްތަކާއި ފުރާޅުތަކުގެ ހާލަތު ބަލައި ރަނގަޅުކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް