 
                                                                                                
                    ރިޕޯޓްތައް ބުނާ ގޮތުން އެފްއޭއެމަށް މާލީ ލަފާދޭން ފީފާއިން ހަމަ ޖައްސާފައިވަނީ ފީފާގެ އެކި ޕްރޮޖެކްޓްތަކުގައި އެ ޖަމިއްޔާ އަށް މީގެ ކުރިން ވެސް މާލީ ދާއިރާގައި ލަފާ ދީފައިވާ ކުންފުންޏެކެވެ. އެފްއޭއެމްގެ އިދާރީ ހިންގުންވެސް އޮތީ ފީފާއިން ހަމަ ޖެއްސި ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެ ދަށުގައެވެ.
ނޯމަލައިޒޭޝަން ކޮމިޓީއާ ފީފާއިން މަތިކޮށްފައިވާ އެންމެ ބޮޑު ޒިންމާއަކީވެސް އެފްއޭއެމްގެ މާލީ މައްސަލަތައް ހައްލުކުރުމެވެ. އެ އެސޯސިއޭޝަން އެތައް ބަޔަކަށް ދަރައި ވިކފައިވާއިރު އެސޯސިއޭޝަނުގެ އެންމެ ލާރިއެއްވެސް ނެތެވެ.
އެފްއޭއެމް އިނދަޖެހުނީ އެ އެސޯސިއޭޝަނުގެ ފައިސާ އަށް ކުރީގެ ބައެއް ވެރިން ހިޔާނާތްތެރިވުމެވެ.