އެގޮތުން މާދަމާ އިން ފެށިގެން ކޫއްޑޫ އަށް ދަތުރުތައް ހުއްޓާލަން މޯލްޑިވިއަން އިން މިހާރު ވަނީ ނިންމާފަ އެވެ.
ކޫއްޑޫއަށް ކުރާ ދަތުރުތައް ހުއްޓާލަން ނިންމީ ދަތުރުވެރިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމަށް މޯލްޑިވިއަން އިން ބުންޏެވެ. އަދި ރަންވޭގެ މައްސަލަތައް ހައްލުވިހާ އަވަހަށް ދަތުރުތައް ފަށާނެ ކަމަށް މޯލްޑިވިއަން އިން މައުލޫމާތު ދެއެވެ.
ކުއްޑޫ އެއާޕޯޓު އެންމެ ފުރަތަމަ ހުޅުވީ 2012 ވަނަ އަހަރު އެވެ. އެއަށް ފަހު ބޮޑެތި ބޯޓުފަހަރާއި ޖެޓްތައް ޖެއްސޭ ފެންވަރުގެ ބޮޑު ރަންވޭއަކާ އެކު ތަރައްގީކޮށް އަލުން ކޫއްޑޫ އެއާޕޯޓު ހުޅުވީ 2017 ވަނަ އަހަރު އެވެ.