ގްރީސްއިން އިނގިރޭސިން އަތުން ފުރަތަމަ ފަހަރަށް މޮޅުވީ، ޔުއެފާ ނޭޝަންސް ލީގުގައެވެ. ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުން ގްރީސް މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ.
މި މެޗުން ގްރީސް މޮޅުވުމާއެކު ލީގު ބީގެ ގްރޫޕް ދޭއްގެ އެއްވަނަ މަގާމު އެ ޓީމަށް ވަނީ ލިބިފައެވެ. ގްރީސްއިން ވަނީ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދާފައެވެ. އަދި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ލިބުނު 6 ޕޮއިންޓާއެކު އިންގްލަންޑް އޮތީ ދެވަނައިގައެވެ.
މީގެ ކުރިން، އިންގްލެންޑާ ދެކޮޅަށް ގްރީސް އިން ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް މެޗުން ބަލިިވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ.