ads
ދަރުމަވަންތަ ހައިބްރިޑް ތިއޭޓާ ހުޅުވާ އެތަނުގައި އޮޕަރޭޝަނެއް ކުރަނީ
އައިޖީއެމްއެޗްގެ ހައިބްރިޑް ތިއޭޓަރުގައި ބޮޑެތި އޮޕަރޭޝަންތައް ފަށައިފި
އައިޖީއެމްއެޗްގެ ހައިބްރިޑް ތިއޭޓަރުގައި ބޮޑެތި އޮޕަރޭޝަންތައް ކުރަން ފަށައިފިއެވެ.
Advertisement

ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ހައިބްރިޑް ތިއޭޓަރަކީ މި ސަރަހައްދުގެ އެންމެ ވަރުގަދަ ތިއޭޓަރެވެ. 

އެންމެ ޒަމާނީ ފެންވަރުގައި ހަދާފައިވާ ހައިބްރިޑް ތިއޭޓަރުގައި ބޮޑެތި އޮޕަރޭޝަންތައް ފެށިކަމަށް އައިޖީއެމްއެޗުން މިއަދު ވަނީ އިއުލާންކޮށްފައެވެ.

your imageދަރުމަވަންތަ ހައިބްރިޑް ތިއޭޓާ 

ދަރުމަވަންތަ ހޮސްޕިޓަލުން ބުނީ  ކެތު ލެބާއެކު ޒަމާނީ ހައިބްރިޑް އޮޕަރޭޓިން ތިއޭޓަރެއް ތައާރަފްކުރުމަކީ ލިބުނު  ވަރަށް ބޮޑު އުފަލެއްކަމަށެވެ. އެންމެ ޒަމާނީ ފެންވަރުގައި ހަދާފައިވާ މި ތިއޭޓަރުގައި ސިކުނޑިއާއި ހިތުގެ ޕްރޮސީޖާތަކާއި ބެދިފައިވާ ލޭ ހޮޅިތައް ރަނގަޅުކުރުމަށް ފްލެކްސިބުލް ކެތީޓާ ބޭނުންކުރުން ފަދަ ހިދުމަތާ އެކު ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ފަރުވާ ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.  

your imageދަރުމަވަންތަ ހައިބްރިޑް ތިއޭޓާ 

އައިޖީއެޗުން ބުނީ އެ ތިއޭޓަރު ބޭނުން ނުކޮށް ހުރުމުން މަދަބޯޑުގެ ސާކެޓުތަކެއްގެ މައްސަލަ ދިމާވެފައި ހުރިކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ސްޕެއާ ގެނެސް މައްސަލަ ހައްލުކުރުމަށްފަހު އޮޕަރޭޝަންތައް ކުރަން ފެށީ މިދިޔަ ހަފްތާގައިކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި 25 ބުރީގެ ދަރުމަވަންތައް ހޮސްޕިޓަލުގައި ހުރި މި ތިއޭޓަރު ބޭނުންނުކޮށް ހުންނަތާ ހަ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް