ads
ސޯޝަލް މީޑިއާ އިންފްލުއެންސަރު އާސިމް ވަހީދު (ޗިންޗޮން)
ބިލީވް މީ ސެންސް މޭކްގެ މާވަހަރު ޓެސްޓެއް ނުކުރެވުނު، ޗިންޗޮން މާޔޫސްވެއްޖެ
މި މަހުގެ އަށް ވަނަ ދުވަހު ސޯޝަލް މީޑިއާ އިންފްލުއެންސަރު އާސިމް ވަހީދު (ޗިންޗޮން) ވަނީ މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވާފައެވެ.
Advertisement

ނަމަވެސް އޭނާ އަށް އަދިވެސް އެ މާވަހަރު ޓެސްޓު ނުކުރެވޭ ކަމަށާއި، ރާއްޖޭގައި މާވަރު ޓެސްޓު ކުރާނެ ގޮތެއް ނެތްކަމަށް ބުނެ ޗިންޗޮން ކަންބޮޑުވުން ފާޅުކޮށްފިއެވެ. 

އޭނާ ބުނީ ދިވެހިރާއްޖޭގެ 99 ޕަސަންޓަކީ ފެން ކަމަށްވާއިރު، ރާއްޖޭގައި ކާންވީ މަހަކީ ނުކާންވީ މަހަކީ ކޮބައިކަންވެސް އަދިވެސް ނޭގޭކަމަށެވެ. 

"ރާއްޖޭގަ މެރިން ބައިލޮޖީއާ ގުޅޭ ތަންތަންވެސް ބަލައިލައިފިން. ބަލައިލިއިރު ނެތް ޓެސްޓު ކުރެވޭކަށްވެސް. ރާއްޖޭގަ 99 ޕަސަންޓު މޫދު އޮންނައިރު ކާންވީ ކޮންމަހެއްކަން ނުކާންވީ ކޮންމަހެއްކަމެއް. ކަށިޖަހައިފިއްޔާ ދޭންވީ ކޮންފަރުވާއެއްކަން ނޭގޭ މީހަކަށް. އެ ހުރިހާ އެއްޗަކަށް ރެޑީވެފަ ހުރިނަމަ މާވަހަރު ޓެސްޓު ކޮށްލެވޭނެ އެންމެ ދުވަހެއްގެ ތެރޭ،" ޗިންޗޮން ސީއެންއެމްއާ ވާހަކަ ދައްކަމުން ބުންޏެވެ.

އޭނާ ބުނީ މާވަހަރު ޓެސްޓު ކުރުމުގެ ކަންކަން ސަރުކާރުން ކޮށްދޭނަމަ ޓެސްޓުކުރާ މުއްދަތުގައި މާވަހަރު ފަދަ ތަކެތީގެ ރައްކާތެރިކަންވެސް ކަށަވަރުވާނެކަމަށާއި، މީޑިއާފަދަ ތަންތަނަށް އަމިއްލަ ފަރުދުންނަށް އޭރުން ވާހަކަވެސް ދައްކަން ނުޖެހޭނެކަމަށެވެ. 

ނަމަވެސް މިހާރު އޭނާ އެއީ މާވަހަރެއްތޯ ޓެސްޓުކުރަން އަންނަހާ ބަޔަކަށް އޭތި ދައްކަން ޖެހޭކަމަށާއި، ގެސްޓުންނަށްވެސް މާވަހަރު ދައްކަން ޖެހޭކަމަށް އޭނާ ބުންޏެވެ. 

"އަލަށް މާވަހަރެއް ހޮވީމާ އެންމެވެސް ބޭނުންވަނީ އަޅުގަނޑުގެ މާވަހަރު ޓެސްޓުކުރަން،" ޗިންޗޮން ބުންޏެވެ.

ކ. މާފުށީގައި ވޯޓާ ސްޕޯޓްސްގައި މަސައްކަތް ކުރަމުންދާ ސޯޝަލް މީޑިއާ އިންފްލުއެންސަރު އާސިމް ވަހީދު (ޗިންޗޮން) އަށް މާވަހަރު ފެނުނީ ކޮފީ ބުއިމަށްފަހު އަތިރިމައްޗަށް ހިނގާލަން ދިޔުމުންނެވެ. ޗިންޗޮން ބުނީ މާވަހަރު ލިބުނީ އެ ދުވަހު ހެނދުނު 6:30 ހާއިރު ކަމަށެވެ. 

މިދިޔަ އަންގާރަ ދުވަހު ހޮވި މާވަރު ޓެސްޓު ކުރެވޭނެ ގޮތެއް ހޯދަމުން އަންނައިރު، ޗިންޗޮން ހުރީ ރާއްޖޭގައި މިފަދަ ކަންކަމުގެ ދަތިކަމުގެ ސަބަބުން ވަރަށް ބޮޑަށް ނުތަވަސްވެ، މާޔޫސްވެފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް