ads
މާލޭ މާރުކޭޓު: ފޮޓޯ މޯލްޑިވްސްއިންޑިޕެންޑެންޓް
ރާއްޖެ އެތެރެކޮށް އާންމުކޮށް ވިއްކާ ހަވާދެއްގައި އޫރު މަސް ހުރިކަމުގެ ކަންބޮޑުވުން
ދިވެހިރާއްޖެއަށް އެތެރެކޮށް އާންމުކޮށް ވިއްކާ ހަވާދުގެ ބާވަތެއް އުފެއްދުމުގައި އޫރުމަސް ބޭނުންކޮށްފައިވާކަމަށް ބެލެވޭތީ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
Advertisement

ސޯޝަލް މީޑިއާގައި މީގަކު އާންމުކޮށްފައިވާ "ގޯލްޑެން ކަރީ" ބްރޭންޑުގެ ހަވާދުގެ ފަހަތުގައި ލިޔެފައިވާ އިންސްޓްރަކްޝަންތައް ވަނީ ޖަޕާނު ބަހުންނެވެ. ނަމަވެސް ޓްރާންސްލޭޓަރެއް ބޭނުންކޮށްގެން އެ ހަވާދުގައި ހުރި ބާވަތްތައް ބެލިއިރު، ހަވާދު އުފެއްދުމުގައި "ޕޯކް" ނުވަތަ "އޫރު މަސް" ބޭނުންކޮށްފައިވާކަމަށް ފެނެއެވެ. 

"އަޅުގަނޑަކީ މުސްލިމެއްކަމުން އޫރުމަސް ކާކަށް ބޭނުމެއް ނޫން. ގޫގުލް ޓްރާންސްލޭޓަރެއް ބޭނުންކޮށްގެން އަޅުގަނޑު ބެލީ. ޖަޕާނު ބަސް އެނގޭ މީހަކު ހުރިނަމަ މިއީ ތެދެއްތޯ ބަލާލެވިދާނެތޯ؟" އޭނާ ސުވާލުކޮށްފައިވެއެވެ. 

your imageހަވާދު ޕެކެޓުގެ ފަހަތް ޓްރާންސްލޭޓުކޮށްފައި: ފޮޓޯ ސޯޝަލް މީޑިއާ

މި ޕޯސްޓަށް ކޮމެންޓު ކުރި ޖަޕާނު މީހަކު ވެސް ބުނެފައިވަނީ ޖަޕާނު މީހުންނަނީ އެމީހުން ކާބޯތަކެތީގައި އޫރު މަސް ގިނައިން ބޭނުންކުރާ ބައެއްކަމަށެވެ. އަދި އެ ހަވާދުގައި ވެސް އޫރު މަސް އެކުލެވިގެންވާކަމަށެވެ. 

your imageގޯލްޑަން ކަރީ ބްރޭންޑުގެ ހަވާދު

އޫރު މަހުގެ ބާވަތްތަކީ އާންމުކޮށް ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކައި ހެދުން މަނާ ބާވަތްތަކެއް ކަމަށްވާއިރު، މި ހަވާދުވެ ބާވަތް ރާއްޖެއަށް އެތެރެކުރެވުނީ ކީއްވެތޯ މި އަންނަނީ ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅައިގެން ސާފުކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް