ads
ހާލަންޑް
ގައުމީ ޓީމަށް ޖެހި ދެ ލަނޑާއެކު ހާލަންޑު ރެކޯޑް ފޮތަށް
ސްލޮވޭނިއާ ކޮޅަށް، އާލިން ހާލަންޑް ރޭ ޖެހި ދެ ލަނޑާއެކު ނޯވޭގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހާލަންޑަށް ލިބިއްޖެއެވެ.
Advertisement

ޔުއެފާ ނޭޝަންސް ލީގުގައި ސްލޮވޭނިއާ އަތުން ރޭ ނޯވޭ ތިން ލަނޑުން މޮޅުވިއިރު، ހާލަންޑު ދެ ލަނޑު ޖެހިއެވެ. މި މެޗުގައި ނޯވޭއަށް ހާލަންޑް ކާމިޔާބުކޮށްދިން ދެ ލަނޑާއެކު އޭނާ ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 34 އަށް އަރާފަ އެވެ. 

މީގެ ކުރިން ނޯވޭގެ ގައުމީ ޓީމަށް އެންމެ ގިނައިން ލަނޑު ޖަހާފައިވަވަނީ 1920 އާއި 1930 ގެ އަހަރު ތަކުގައި ކުޅުނު ޖޯގެން ޔުވޭ އެވެ. އޭނާ އަށް ޖެހިފައިވަނީ 33 ލަނޑެވެ.

2019 ވަނަ އަހަރު ނޯވޭގެ ގައުމީ ޓީމަށް ކުޅެން ފެށި، މިހާރު އުމުރުން 24 އަހަރުގެ ހާލަންޑް ގައުމީ ޓީމަށް 34 ލަނޑު ޖެހީ 36 މެޗުންނެވެ. ހާލަންޑް ހަދާފައިވާ އެހެން ރެކޯޑްތަކަށް ބަލާއިރު އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި 35 މެޗުން 40 ގޯލު ޖަހާފަ އެވެ. އަދި 2022-23 ގެ ސީޒަނުގައި އޭނާ ވަނީ މެންޗެސްޓަރ ސިޓީއަށް 36 ގޯލު ކާމިޔާބުކޮށްދީ ޕްރިމިއާ ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑްވެސް ހޯދާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް