ads
ހައްޖު ކޯޕަރޭޝަންގެއެމްޑީ މުހައްމަދު ޝަކީލް. ފޮޓޯ: ޕީއެސްއެމް
ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން މަސައްކަތް ކުރަނީ
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
Advertisement

ޝަކީލްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ގ. ދަލާސްޓް އަބްދުﷲ ރަޝީދު ކިޔާ މީހަކު އެކި ފަރާތްތަކަށް ގުޅައި، ޝަކީލްގެ ނަމުގައި ބޮޑެތި އަދަދުތަކުން ފައިސާ ހޯދަން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މި ކަމަށް ސަމާލުވުމަށް ޝަކީލް ވަނީ އާންމުންނަށް އިލްތިމާސް ކުރައްވާފައެވެ.

އިތުރަށް ޝަކީލް ވިދާޅުވެފައިވަނީ އޭނާގެ ފަރާތުން ކަމަށް ބުނެ އެއްވެސް މީހަކު ކުރާ ފޯނު ކޯލަކަށް އިޖާބަ ނުދިނުމަށެވެ. އަދި މި މައްސަލަ ބެލުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް ޝަކީލް ވަނީ ފާހަގަކުރައްވާފައެވެ.

މިފަދަ މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވަމުންދާ ކަމަށް ފުލުހުން ވަނީ ކުރިން ވެސް އިންޒާރު ދީފައެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގާ ހީލަތުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މިފަދަ ކަމެއް ދިމާވެއްޖެ ނަމަ، ނުވަތަ ތުހުމަތު ކުރެވިއްޖެ ނަމަ، ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅައި ރިޕޯޓްކުރުމަށް ފުލުހުން އެދިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް