ads
މާލެ ޕޮލިސް ކޮމާންޑުން ފެށި ހާއްސަ އޮޕަރޭޝަންގެ ތެރެއިން
މާރުކޭޓުން ދިޔާ ހަކުރު ވަގަށް ނެގި މީހަކު 15 ދުވަހަށް ބަންދުކޮށްފި
މާލޭ މާރުކޭޓުން ދިޔާ ހަކުރު ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މީހަކު 15 ދުވަހަށް ބަންދުކޮށްފިއެވެ.
Advertisement

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރަށް ނިސްބަތްވާ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނާ ގޮތުގައި މާރުކޭޓުގެ ގޮޅިއަކުން 4 ފުޅި ދިޔާ ހަކުރު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރި ކަމަށާއި، އެއަށްފަހު މި މައްސަލަ ތަހުގީގުކުރަން ފެށިއެވެ. ނަމަވެސް މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތުން ދައްކާ ވާހަކައަކީ މުޅިން އެހެން ވާހަކައެކެވެ.

ކްރިމިނަލް ކޯޓުގައި އޭނާ ބުނެފައިވަނީ އޭނާ ގެންގުޅުނީ 4 ފުޅި ދިޔާ ހަކުރު ކަމަށާއި، ނަމަވެސް އެއީ ވަގަށް ނެގި އެއްޗެއް ނޫން ކަމަށެވެ. އޭނާ ބުނާ ގޮތުގައި ބަޔަކު ނަގާފައި ތަނެއްގައި ބަހައްޓާފައި ހުއްޓާ އޭނާއަށް ފެނިގެން އެ ފުޅިތައް ނެގީއެވެ. އަދި ސީނުގައި ތިބި ފުލުހުންގެ ގާތުގައި އޭނާ ބުނެފައިވަނީ އެއީ ޕިކަޕެއްގެ ދަށުން އޭނާ ނެގި 4 ފުޅި ދިޔާ ހަކުރު ކަމަށެވެ.

މި މައްސަލައިގައި ދެ ފަރާތުން ދައްކާ ވާހަކަ ތަފާތުވުމާއެކު، މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މުއްދަތުގައި ފުލުހުން މައްސަލައިގެ ހެކި ހޯދައި، ހަގީގަތް ހާމަކުރުމަށް މަސައްކަތްކުރާނެ ކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް