ads
އިންޑިއާ ސަފީރު މުނޫ މަހާވަރު، ރައީސް މުއިއްޒުގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ރައީސް މުއިއްޒުގެ އިންޑިއާ ދަތުރުފުޅު ކާމިޔާބު: އިންޑިއާ ސަފީރު
ރައީސް މުހައްމަދު މުއިއްޒުގެ އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ކާމިޔާބު ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު ވިދާޅުވެއްޖެއެވެ.
Advertisement

ސަފީރު މި ވާހަކަ ދެއްކެވީ ރާއްޖޭގެ ދައުލަތުގެ މީޑިއާއަށް މެދުވެރިކުރައްވައި ވާހަކަދައްކަވަމުންނެވެ. 

ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑު މިނިސްޓަރު ނަރެންދްރާ މޯދީއާއެކު ބޭއްވެވި މަޝްވަރާތަކަކީ ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށް ސަފީރު މަހާވަރު ފާހަގަކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި މެރިޓައިމް ސެކިއުރިޓީ އަދި އިގްތިސާދީ ދާއިރާއިން ރަނގަޅު ގުޅުމެއް ބޭއްވުމަށް މަޝްވަރާ ކުރެވުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރާއްޖެއިން ވަނީ އިންޑިއާއާއެކު އެކި ދާއިރާތަކުން އެއްބަސްވުންތައް އެކުލަވާލާފައެވެ. މީގެ ތެރޭގައި މާލީ، ހެލްތު، ދިފާއީ، ކެޕޭސިޓީ ބިލްޑިން، އިޔާދަކުރަނިވި ހަކަތަ އަދި ފޮރިން އެފެއާޒް ދާއިރާއިން ތަފާތު އެއްބަސްވުންތަކުގެ މަޝްވަރާތައް ހިމެނެއެވެ. މި އެއްބަސްވުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމެންޓެވެ.

ސަފީރު މަހާވަރު ވިދާޅުވީ، “ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމުގެ އިތުރު ހެއްކެއް” ކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ލިބޭނެ ފައިދާތައް ގިނަގުނަ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ދަތުރުފުޅުތަކާއި މަޝްވަރާތައް ކުރިއަށް ގެންދެވި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް