ads
އައިޝްވާރިޔާ ރާއީ--
ރީތީގެ ރާނީގެ ތާޖު އުފުލާލުމަށް ފަހު އައިޝްވާރިޔާއަށް އައި ބަދަލު މިއޮތީ!
މީގެ 26 އަހަރުކުރިން ދުނިޔޭގެ އެންމެ ރީތި އަންހެނާގެ ތާޖު އުފުލާލި އައިޝްވާރިޔާ ރާއީ އެންމެ ފުރަތަމަ ފެނިގެންދިޔައީ ތަމަޅަ ފިލްމަކުންނެވެ. އޭގެ ފަހުން ހަމަ އެއަހަރު ހިންދީ ފިލްމަކުން ވެސް އޭނާ ފެނިގެންދިޔަ އެވެ.

މަނީ ރަތްނަމް ޑައިރެކްޓްކޮށް ނެރުނު ތަމަޅަ ފިލްމު، "އިރުވަރު" އިން ފިލްމީ ދާއިރާއަށް ތައާރަފުވިއިރު ހަމަ އެ އަހަރު އޭނާ ފެނިގެންދިޔަ ހިންދީ ފިލްމު، "އޯރު ޕިޔާރު ހޯ ގަޔާ" އިންނެވެ. މި ފިލްމުތަކުގައި އޭނާ ދައްކުވައިދިން ކުޅަދާނަ ހުނަރަށް ގިނަ ބަޔަކު ތައުރީފްކުރި އެވެ. 

އޭގެ ފަހުން މޮޑެލިންގެ ދާއިރާއަށް އައިޝްވާރިޔާ ތައާރަފުވިއިރު އޭނާގެ މޮޑެލްކުރުމުގެ ހުނަރުއެއް ވަރަކަށް ވެސް ނެތް ކަމަށް ބުނެ ފާޑުކިޔުންތައް ވެސް އަމާޒުކުރި އެވެ. އެކަމަކު މި ފާޑުކިޔުންތަކާއެކު ވެސް 1999 ވަނަ އަހަރު ނެރުނު ފިލްމު، "ހަމް ދިލް ދޭ ޗުކޭ ސަނަމް" ގައި މަސައްކަތްކޮށް އެ އަހަރުގެ އެންމެ މޮޅު ބަތަލާގެ ރޯލު އޭނާއަށް ލިބުނެ އެވެ. 

އެ ފިލްމަކަށް ފަހު ގިނަ ބަޔަކު ވަނީ އައިޝްވާރިޔާ ބަލައިގެންފަ އެވެ. 

ބޮލީވުޑުގެ ތަރި، އަބިޝޭކް ބައްޗަންއާ އައިޝްވާރިޔާ 2007 ވަނަ އަހަރު ކައިވެނިކުރިއިރު އެމީހުންގެ ކައިވެންޏަށް 2011 ވަނަ އަހަރު އަންހެން ކުއްޖަކު ލިބިފަ އެވެ. ކައިވެނީގެ ފަހުން ފިލްމީ ދާއިރާއިން ދުރަށް ޖެހިލި ނަމަވެސް ފިލްމީ ހަފުލާތަކުން އޭނާ ފެނިގެންދިޔަ އެވެ.

- ކޮލެޖު ދައުރުގައި މޮޑެލިންގެ ދާއިރާގައި ހަރަކާތްތެރިވި އައިޝްވާރިޔާ ވަނީ ގިނަ އިޝްތިހާރުތަކަކުން ފެނިގެންގޮސްފަ އެވެ. އެގޮތުން ދުނިޔޭގެ އެންމެ ރީތި އަންހެނާއަށް ވާދަކުރުމަށް އޭނާ ވަނީ އިންޑިއާގެ ރީތީ ރާނީއަށް ވާދަކުރާ މުބާރާތުގައި ބައިވެރިވެ ދެވަނަ ހޯދާފަ އެވެ.

- 1994 ވަނަ އަހަރު ދުނިޔޭގެ އެންމެ ރީތި އަންހެނާގެ ލަގަބު ހޯދި އައިޝްވާރިޔާ

- ހިންދީ އަދި ތަމަޅަ ފިލްމުތަކުގެ އިތުރުން ވެސް އައިޝްވާރިޔާ ވަނީ އިންޑިއާގެ އެކި ބަހުރުވަތަކުގެ ފިލްމުތަކުން ފެނިގެންގޮސްފަ އެވެ. 

- އައިޝްވާރިޔާ އޭނާގެ ފިރިމީހާ، އަބީޝޭކްއާއެކު ހަފުލާއެއްގައި ބައިވެރިވުމުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް. 

- ގިނަ އަހަރުތަކަކަށް ފަހު ފިލްމީ ދާއިރާއަށް އައިޝްވާރިޔާ އެނބުރި އައީ ކަރަން ޖޯހަރުގެ "އޭ ދިލް ހޭ މުޝްކިލް" އިންނެވެެ. 

- މިދިޔަ އަހަރު އޮތް ކާންސް ފިލްމު ފެސްޓިވަލްގައި އައިޝްވާރިޔާގެ ފެނިލުންތައް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް