އާރްއާރްސީ އަށް ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައިދިނީ 50 ވަނަ ސިކުންތުގައި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ. އޭގެ ފަހުން، އަލީ ހާފިޒު (އައްޔަ) ލަނޑެއް ޖަހައި ލީޑުފުޅާކޮށްދިނެވެ. ދިރާގުން ކުޅުން ރަނގަޅުކޮށް، މުހައްމަދު ޝަނީޒް ލަނޑު ޖެހި އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ އައްޔަ އާއި ބިޗަޑްގެ އިތުރުން، އިސްމާއިލް މުނީޒް، އަހުމަދު ރިޒްވާން (ރިޒޭ) އަދި އިބްރާހިމް ސިނާހު (ސިނާ) އެވެ.
ކުއާޓާގައި ދިރާގު ކޮޅަށް ހަތް ލަނޑު ޖެހި އާރުއާރުސީ، ސެމީގައި ކުޅެން ޖެހޭނީ އެމްޕީއެލްއާއެވެ. ދިރާގަށް ރޭގެ މެޗާއެކު މުބާރާތް ނިމިފައިވާއިރު، މުބާރާތުގެ ގަދަ އަށަކަށް ދިރާގު ގެންގޮސްދިނުމުގައި އެންމެ މުހިއްމު ދައުރެއް ކުޅުނީ އައިހަމްއެވެ.