އެމްޕީއެލް ސެމީއަށް ދިޔައީ ކުއާޓާ ފައިނަލްގައި ސިފައިން އަތުން އުނދަގޫ މޮޅެއް ހޯދައިގެންނެވެ. ސިފައިން އަތުން އެމްޕީއެލް މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. މެޗުގައި، ފެނިގެންދިޔަ ހަމައެކަނި ލަނޑު އެމްޕީއެލް އަށް ޖަހައިދިނީ ފުރަތަމަ ހާފުގެ ފަހު ވަގުތު، އެ ޓީމުގެ ކެޕްޓަން، އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ. އޭރިއާބޭރުން ޝަންމު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ ހޯމަ ދުވަހުގެރޭގަ އެވެ. އެރޭ ފުރަތަމަ ކުޅޭ މެޗުގައި ސްޓެލްކޯ ކްލަބުން ކުޅޭނީ ކްލަބް ވެމްކޯއާ އެވެ. ދެ ވަނަ ސެމީގައި އާރްއާރްސީން ބައްދަލުކުރާނީ އެމްޕީއެލްއާ އެވެ.