އޭޓީޓީޔޫއަކީ އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަންއެވެ. ކަޒަކްސްތާންގައި މިއަދު ކުރިއަށްދިޔަ، އޭޓީޓީޔޫގެ ޖެނެރަލް އެސެމްބްލީގައި ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް ކަމަށް ތިން ވަނަ ދައުރަކަށް މި އަހަރު އިންތިހާބުވި އައްޔަ، އޭޝިއާގެ ޓީޓީ ޖަމިއްޔާގެ ކައުންސިލް މެމްބަރު ކަމަށް އިންތިހާބުވީ، 2024 އިން 2028 އަށެވެ.
އައްޔަ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ ވެސް މެމްބަރެކެވެ. ޕެރިހުގައި މި އަހަރު އޮތް އޮލިމްޕިކް ގޭމްސްގައި ބައިވެރިވި ދިވެހި ކޮންޓިންޖެންޓު ލީޑު ކުރެއްވީވެސް އައްޔައެވެ. ޓީޓީ އެސޯސިއޭޝަން ކަޕުގެ ސިންގަލްސް ޗެމްޕިއަންކަމާއި ގައުމީ މުބާރާތުގެ ޑަބަލްސް އާއި ޓީމް ޗެމްޕިއަންކަން ހޯދާފައިވާ އައްޔަ އަންނަނީ 2006 ވަނަ އަހަރުން ކުޅުމުން ރިޓާޔަކުރި ފަހުން، އެސޯސިއޭޝަނަށް އެކި ގޮތްގޮތުން ހިދުމަތް ކުރަމުންނެވެ.