ބާ ކައުންސިލުން ބުނީ 190 ކެންޑިޑޭޓުންނަށް ހުޅުވާލި ބާ އިމްތިހާނުގައި 183 ކެންޑިޑޭޓުން ބައިވެރިވެފައިވާއިރު، 2022 ގައި ތައާރަފްކުރި އެ އިމްތިހާނުގައި މިހާތަނަށް ޖުމްލަ 505 ކެންޑިޑޭޓުން ބައިވެރިވެފައިވާ ކަމަށެވެ.
މި އަހަރުގެ އިމްތިހާނުގައި ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖާ، ލޭންޑް ލޯ އެންޑް ޕްރެކްޓިސް، ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ޓޯޓް ލޯ އަދި މޯލްޑިވިއަން ލީގަލް ސިސްޓަމްއިން އިނގިރޭސި އަދި ދިވެހި ބަހުން 120 "މަލްޓިޕަލް-ޗޮއިސް" ސުވާލު ހިމެނުނެވެ.
ވަކީލު ކަމުގެ ހުއްދަ ހޯދުމަށް، ބާ އިމްތިހާނު ފުރިހަމަކުރަން ޖެހޭ ގޮތަށް ހަމަޖެއްސީ 2019ވަނަ އަހަރުގެ ތެރޭގަ އެވެ. ރާއްޖޭގައި ފުރަތަމަ ބާ އިމްތިހާނު ހެދީ މިދިޔަ އަހަރެވެ.