ads
ބީއެމްއެލްގެ ކިޑްސް ސޭވާ އެކައުންޓްގެ އިސްތިހާރެއް: ކިޑްސް ސޭވާ އެކައުންޓްތަކަށް ދޭ ފައިދާގެ އަދަދު ވަނީ އިތުރު ކޮށްފައި
ބީއެމްއެލް އިން ކިޑްސް ސޭވާ އެކައުންޓްތަކަށް އިތުރު ފައިދާ ދެނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކިޑްސް ސޭވާ އެކައުންޓުތަކުގެ ތެރެއިން ދިވެހި ރުފިޔާ އެކައުންޓްތަކަށް ތިން ޕަސެންޓްގެ ފައިދާ އަދި ޔޫއެސް ޑޮލަރު އެކައުންޓްތަކަށް 3.5 ޕަސެންޓްގެ ފައިދާ ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.
Advertisement

ގައުމީ ބޭންކް ބީއެމްއެލްއިން ބުނި ގޮތުގައި، އެ ޕްރޮމޯޝަންގެ ދަށުން ކިޑްސް ސޭވާ ރުފިޔާ އެކައުންޓުތަކަށް ތިން އިންސައްތައިގެ ފައިދާއާއި ޔޫއެސް ޑޮލަރު އެކައުންޓުތަކަށް 3.5 އިންސައްތަ ފައިދާ ލިބޭނެ އެވެ.

މިހާރު ހުޅުވާފައިވާ އެކައުންޓުތަކާއި އަލަށް ހުޅުވާ އެކައުންޓުތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށާފައިވާއިރު، ބޮޑު އިނާމެއްގެ ގޮތުގައި ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް ކޮންމެ އެކައުންޓަކަށް 10،000 ރުފިޔާ ޖަމާކޮށްދޭނެ އެވެ. އަދި، އެކްޓިވް 20 އެކައުންޓަކަށް 2،500 ރުފިޔާ ޖަމާކޮށްދޭނެ ކަމަށާއި މިއީ ކޮންމެ އަހަރަކު ދޭ އިނާމެއް ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާރޖް އޮފް ދަ ބޭންކް އައިޝަތު ނޫރައްދީން ވިދާޅުވީ ކިޑްސް ސޭވާ އެކައުންޓްތަކުގެ ރޭޓްތަކަށް ބަދަލު ގެނައީ މުސްތަގްބަލަށްޓަކައި ފައިސާ ރައްކާ ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ. އަދި ކުޑަކުދިންނަށް ފައިސާ ރައްކާ ކުރުމާއި ހަރަދު ކުރުމުގައި ގެންގުޅެންޖެހޭ މާލީ ހުނަރުތައް ދަސްކޮށްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

"މިއަދުން ފެށިގެން އަލަށް ހުޅުވާ ކޮންމެ ކިޑްސް ސޭވާ އެކައުންޓަކާއެކު ބެލެނިވެރިންނަށް ހިލޭ ރީލޯޑްކުރެވޭ މާސްޓާކާޑް ޕްރީޕެއިޑް ކާޑަކަށް އެދި ހުށަހެޅޭނެ. މި ކާޑަށް ފައިސާ އަޅައި، ދުވަހުން ދުވަހަށް ކުރާ ހަރަދުތަކަށް މި ކާޑު ބޭނުންކުރެވޭނެ. މިއީ ކުދިންނަށް ހަރަދު ބެލެހެއްޓުމާއި ވިސްނުންތެރިކަމާއެކު ހަރަދުކުރުމުގެ އަސާސްތައް ދަސްކޮށްދިނުމަށް މަގުފަހިކޮށްދޭ ކަމެއް." އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

އަލަށް ހުޅުވާ އެކައުންޓްތަކާއި މިހާރު ހުޅުވާފައިވާ ކިޑްސް ސޭވާ އެކައުންޓްތަކަށްވެސް އަލަށް ކަނޑައެޅިފައިވާ އިންޓަރެސްޓް ރޭޓް އަދި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވާ އެކައުންޓްތަކަށް ކަނޑައެޅިފައިވާ ފައިދާގެ ރޭޓަށް އަމަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެފައި ވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް