އީސީން ބައި- އިލެކްޝަން އިއުލާންކޮށްފައިވަނީ ހދ. ކުރިނބި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި މ. ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ގއ. ދެއްވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އެވެ.
މި ކޮމެޓީގެ ތަކުގައި ބައި- އިލެކްޝަން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުކަމަށް އީސީން ބުނެއެވެ.
އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ އަދަދު
- ހދ. ކުރިނބި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ 3 މެމްބަރުން
- މ. ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ 2 މެމްބަރުން
- ގއ. ދެއްވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ 3 މެމްބަރުން
މި ބައި-އިލެކްޝަންތަކުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އީސީން ވަނީ ހުޅުވާލާފައެވެ. އެ ކޮމިޝަނުން ބުނީ އިންތިހާބުގައި ވާދަކުރުމަށް ނަން ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 29ވާ އަންގާރަ ދުވަސްކަމަށެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެކަމަށް އީސީން ބުނެއެވެ.