މުބާރާތުގެ ސިންގަލްސް ކެޓަގަރީގެ 60 އަހަރުން މަތީގެ އުމުރުފުރާ އިން އަލިބެ ދެ ވަނަ އަދި، 65 އަހަރުން މަތީގެ އުމުރުފުރާ އިން ލަތީފް ވަނީ ތިން ވަނަ ހޯއްދަވައިފަ އެވެ. މިއީ ދިވެހި ކުޅިވަރުގެ ތާރީހުގައި ބައިނަލްއަގްވާމީ މުބާރާތެއްގައި އެންމެ ފުރަތަމަ ވާދަކުރި ކުޅިވަރު ކަމަށްވާ ޓީޓީ އަށް ބައިނަލްއަގްވާމީ ވެޓްރަންސް މުބާރާތަކުން ލިބުނު އެންމެ ބޮޑު ކާމިޔާބެކެވެ.
ބޯރޫމް ފްރެންޑްޝިޕް މުބާރާތުގެ 60 އަހަރުން މަތީގެ ކެޓަގަރީން ލަތީފާއި، އަލިބެ ޗެމްޕިއަންކަން ހޯއްދެވީ ތުރުކީގެ އަޓިލާ ޓެސްޑަން އާއި ބެކްޓަސް އައިދޯގަން އަތުން މޮޅުވެގެންނެވެ. މި މުބާރާތުގެ ތުރުކީ އާއި ރަޝިއާގެ އިތުރުން ޖަރުމަނާއި، ބަލްގޭރިއާ އާއި، ޖޯޖިއާ އާއި، ޑެންމާކް ކުޅުންތެރިން ހިމެނޭހެން 150 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކުރި އެވެ.