ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ކުޅޭ މެޗުގައި ސްޓެލްކޯ ކްލަބުން ކުޅޭނީ ކްލަބް ވެމްކޯއާ އެވެ. ދެ ވަނަ ސެމީގައި އާރްއާރްސީން ބައްދަލުކުރާނީ އެމްޕީއެލްއާ އެވެ.
ސްޓެލްކޯ ސެމީއަށް ދިޔައީ އެމްއޭސީއެލްއާ ދެކޮޅަށް ކުޅެ މޮޅުވެގެންނެވެ. އަދި ވެމްކޯ ސެމީއަށް ދިޔައީ، މޯލްޑިވިއަން ބަލިކޮށްގެންނެވެ. ވެމްކޯއަކީ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.
އާރްއާރްސީން ވަނީ ދިރާގު އަތުން 7-1 އިން ކުއާޓާގައި މޮޅުވެފައެވެ. އަދި އެމްޕީއެލް ސެމީއަށް ދިޔައީ ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް އެމްޕީއެލް އެކެއް ސުމަކުން ކުރި ހޯދައިގެންނެވެ.