މަރުވެފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ. މީ ރަސްދޫ ގެސްޓްހައުސްގައި ޗުއްޓިީ ހޭދަކުރަމުން ދިޔަ މީހެކެވެ.
މީ ރަސްދޫ ކައިރީ އޮންނަ ގަންގެހި ރިސޯޓު ބޭރުގައި ސްނޯކެލިން އަށް ގޮސް އުޅުނު މީހެއް ކަމަށް ފުލުހުން ބުނެއެވެ.
މި މީހާ މަރުވީ އިއްޔެ 11:22 ގައިކަމަށް ރަސްދޫ ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނެއެވެ . އަދި ރަށު ހެލްތު ސެންޓަރަށް އޭނާ ގެންދިޔައިރު ވެސް މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ.
ރާއްޖެ އަށް ހަނީމޫނަށް އައިސް އުޅުނު ޗައިނާ ފިރިހެނަކު ވަނީ މިމަހުގެ 7 ވަނަ ދުވަހު މާފުށީގައި މަރުވެފައެވެ. އޭނާ މަރުވެފައިވަނީ ސްނޯކްލިންއަށް ގޮސް އުޅެނިކޮށެވެ.