ads
ރައީސް ޑރ. މުއިއްޒާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް
މުރައިދޫގެ މުވައްޒަފުންގެ އަދަދު ހާމަކުރަން ރައީސް އަންގަވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު މ. މުރައިދޫގެގެ މުވައްޒަފުންގެ އަދަދު ސިއްރުކުރަން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އިން ނިންމި ނިންމުން ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
Advertisement

މުރައިދޫގޭ މުވައްޒަފުންގެ އަދަދު ހާމަކޮށްފިނަމަ މަޖިލީހުގެ ރައީސް އަށް ނުރައްކާވާނެކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ އެ މައުލޫމާތު ސިއްރުކުރަން މިއަދު ނިންމައިފައެވެ.

ކޮމިޓީގެ މި ނިންމުން ބަދަލުކުރުމަށް ރައީސް ޑރ. މުއިއްޒު އަންގަވާފައިވާކަން ވަނީ އެނގިފައެވެ. އެހެންކަމުން އެ ކޮމެޓީގެ ކުއްލި ބައްދަލުވުނެއް ވަނީ މިއަދު ހަވީރު 16:00 އަށް ވަނީ ތާވަލްކޮށްފަ އެވެ.


މައްސަލަ ކޮމިޓީއަށް ހުށަހެޅުނީ، މުރައިދޫގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުންނަށް ދެވޭ މުސާރައިގެ ތަފްސީލު ހޯދުމަށް އެދި ހުށަހެޅުނު މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ. ނަމަވެސް މި މައުލޫމާތު ހާމަކުރުމަކީ މަޖިލީހުގެ ރައީސްގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ފެންނާތީ، މި މައުލޫމާތު ދޫނުކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް